Zoya akhtar ge biruveri film akah Janhvi aai Vijay
image
ވިޖޭ އާއި ޖާންވީ--
0 ކޮމެންޓް
 

ޒޯޔާ އަކްތަރުގެ ބިރުވެރި ފިލްމަކަށް ޖާންވީ އާއި ވިޖޭ

ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރު ޒޯޔާ އަކްތަރުގެ ކުރިއަށް އޮތް ކުރު ފިލްމަށް ވިޖޭ ވަރްމާ އާއި ޖާންވީ ކަޕޫރު އަށް ފުރުސަތު ދިނުމަށް ފަހު ފިލްމުގެ ޝޫޓިންތައް ފަށައިފިއެވެ.
ފުރަތަމަ ފަހަރަށް ޖާންވީ އާއި ވިޖޭ މަސައްކަތް ކުރާ އެފިލްމު ދައްކާނީ ނެޓްފްލިކްސް އިންނެވެ.

އެފިލްމަކީ ބިރުވެރި ފިލްމެއްކަން ހާމަކޮށް ޒޯޔާ ބުނީ، ބިރުވެރި ފިލްމު އުފައްދަން ވަރަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރު ނެރުނު ފިލްމު ރަންގްރޭޒްގައި މަސައްކަތް ކުރި ވިޖޭ އެންމެ ފަހުން ފެނިގެންދިޔައީ "ގަލީ ބޯއީ" އިންނެވެ. ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.

ކަރަން ޖޯހަރުގެ ދަޅަން އިން ބޮލީވުޑަށް ތައާރަފުވި ޖާންވީގެ އިތުރު މަސައްކަތެއް އަދި ބެލުންތެރިންނަކަށް ނުފެނެއެވެ. އެކަމަކު އޭނާ އަންނަނީ ދެ ތިން ފިލްމެއްގެ މަސައްކަތް މިހާރު ވެސް ކުރަމުންނެވެ. އެއީ ކަރަން ޖޯހަރުގެ "ތަހުތު" އާއި "ކާގިލް ގާލް" އެވެ.
ހިޔާލު