Mission Mangal ah bodu tharuheebeh
image
ފިލްމުގެ މަންޒަރެއް---
0 ކޮމެންޓް
 

"މިޝަން މަންގަލް" އަށް ބޮޑު ތަރުހީބެއް

ޖަގަން ޝަކްތީ ޑައިރެކްޓު ކުރި ފިލްމު "މިޝަން މަންގަލް" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
މިމަހު 15 ވަނަ ދުވަހު ނެރުނު އެފިލްމު ނެރުނު ފުރަތަމަ ދުވަހު ވެސް އެފިލްމަށް 29.16 ކަރޯރު ރުޕީސް ލިބުނު އިރު ފިލްމު އެޅުވިތާ ހަތަރު ވަނަ ދުވަހު އެފިލްމަށް ވަނީ 80 ކަރޯރު ރުޕޯސްއަށް ވުރެ ގިނައިން ލިބިފައެވެ.

ފިލްމު ބެލުމަށްފަހު ގިނަ ބަޔަކު ފިލްމުގެ ވާހަކައަށާއި ކާސްޓުންގެ އެކްޓިންއަށް ވަނީ ތައުރީފުކޮށްފައެވެ. އަދި މިއީ ދެވަނަ ފަހަރުވެސް ބަލާލަން ވަރަށް ރަނގަޅު ފިލްމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ފިލްމުގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި އަކްޝޭ ކުމާރާއި ތާޕްސީ ޕަންނޫ އާއި ސޮނާކްޝީ ސިންހާ އާއި ވިދްޔާ ބާލަން އާއި ކްރިތީ ކުލާރީ އާއި ނިތްޔާ މެނެން އަދި ޝަރްމަން ޖޯޝީ ހިމެނެއެވެ.

"މިޝަން މަންގަލް" އަކީ އިންޑިއާ އިން މާސް އަށް ދާން ކުރިއަށް ގެންދާ މިޝަން އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
މިޝަން މަންގަލް
ހިޔާލު