Dating App akun dhimaavi meehakaai Munisha kaiveni kuranee
image
މުނިޝާ އާއި އޭނާގެ ލޯބިވެރިޔާ--
0 ކޮމެންޓް
 

ޑޭޓިން އެޕަކުން ދިމާވި މީހަކާ މުނިޝާ ކައިވެނިކުރަނީ

ޑޭޓިން އެޕަކުން ދިމާވި ސަމީރު ޓާކުރު ނަމަކަށް ކިޔާ މީހަކާ އަންނަ އަހަރުގެ ތޭރޭގައި ކައިވެނި ކުރަން ނިންމާފައިވާކަން އެކްޓަރު މުނިޝާ ހަޓްވާނީ އިއުލާނުކޮށްފި އެވެ.
އެކަން ހާމަކޮށް އިންޑިއާގެ ނޫސްތަކަށް އުމުރުން 38 އަހަރުގެ މުނިޝާ ބުނީ، ސަމީރުއާ ޑޭޓުކުރާތާ މިހާރު މަސްތަކެއް ވެއްޖެ ކަމަށާއި ސަމީރަކީ އޭނާއަށް އެންމެ އެކަށީގެންވާ މީހާކަން ވިސްނި ކައިވެނި ކުރަން ނިންމާފައިވާ ކަމަށެވެ.

އިންޑިއާއަށް ނިސްބަތްވާ ސަމީރަކީ ވިޔަފާރިވެރިއެކެވެ. އެގޮތުން އިންޑިއާއިން ބޭރުގައި އޭނާ ދިރިއުޅޭތާ މިހާރު 18 އަހަރަށް ވުރެ ދުވަސްވެފައިވާއިރު ޗައިނާ އާއި ހޮން ކޮންގްގައި އޭނާ އަންނަނީ ވިޔަފާރި ކުރަމުންނެވެ. އަދި ވިޔަފާރި އިންޑިއާއަށް ފުޅާކުރުމަށް އޭނާ މިވަގުތު ހުރީ އިންޑިއާގައެވެ.

މިހާރު އެމީހުން އަންނަނީ އެންގޭޖުވުމަށް ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި އެންގޭޖުވެވޭނެ ކަމަށް މުނިޝާ ބުންޏެވެ.

މުނިޝާ ބުނި ގޮތުގައި އެހާ އުމުރުން ދުވަސްވީއިރު އޭނާ މީހަކާ ކައިވެނި ނުކުރާތީ މީހުން ވަރަށް ސުވާލުތައް ކުރިމަތި ކުރެއެވެ. އެކަމަކު ކައިވެންޏެއް ކުރެވޭނީ ރަނގަޅު މީހަކު ފެނުމުން ކަމަށާއި އަވަސް އަރުވާލައިގެން ކައިވެނި ކުރަން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.

މުނިޝާ ވަނީ ރިއަލިޓީ ޝޯ، ސަވައިވާ އިންޑިއާގެ ފުރަތަމަ ސީޒަނުން ވެސް ފެނިގެންގޮސްފައެވެ. އެންމެ ފުރަތަމަ އޭނާ ފެނިގެންދިޔަ ސީރީޒަކީ "ޖަސްޓް މޮހައްބަތު" އިންނެވެ. ފަހުން ވަނީ "ޝާދީ ނަމްބަރު 1" އާއި "ސަޖަން ތުމް ޖޫޓް މަތް ބޯލޯ" އިން ވެސް ފެނިފައިވެއެވެ.
ހިޔާލު