Gellunu Fathuruveriya adhives nufeney
image
ކޯސްޓްގާޑް ލޯންޗެއް
ސީއެންއެމް
0 ކޮމެންޓް
 

ގެއްލުނު ފަތުރުވަރިޔާ އަދިވެސް ނުފެނޭ

ކ އަތޮޅު ކަނޑޫމާ ތިލައަށް ޑައިވިންގއަށް ފޭބި ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން އެނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ކުރަމުންދާއިރު އޭނާ އަދިވެސް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީފަތުރުވެރިޔާގެއްލުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު މެންދުރު 13:10 ހާއިރު ކަމުގައެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެސަރަހަށްދަށް ގޮސް އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

22 މީހުންނާއެކު ޑައިވިންގއަށް ފޭބި ފަހުން ހަބަރެއް ނުވެގެން ހޯދަމުންދަނީ އުމުރުން 41 އަހަރުގެ އަންހެނެކެވެ. މީނާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓެކެވެ.

މީގެއިތުރުން ފަތުރުވެރިޔާ ހުދު ކުލައިގެ ފިންސަކަށް އަރާފައިވާއިރު، ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް މީނާ އަޅައިގެންހުރި ކަމަށް މައުލޫމާތު ލިބިގައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހިޔާލު