Roadies Real Heroes Arun kaamiyaabu kohfi
image
ރޯޑީސް ރިއަލް ހީރޯސް، އަރުން ކާމިޔާބުކުރުން--
0 ކޮމެންޓް
 

ރޯޑީސް ރިއަލް ހީރޯސް، އަރުން ކާމިޔާބު ކޮށްފި

އެމްޓީވީ އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ، ރޯޑީސް ރިއަލް ހީރޯގެ 16 ވަނަ ސީޒަން، ރަފްތާރުގެ ގޭންގަށް ނިސްބަތްވާ އަރުން ޝަރްމާ ކާމިޔާބުކޮށްފިއެވެެ.
ރޯޑީސްއަކީ ގޭންގު ލީޑަރުންތަކަށް ބައިވެރިން ބަހާލައިގެން ކުރިއަށް ގެންދާ ޝޯއެކެވެ. އެގޮތުން ޝޯގެ ކުޅިވަރުތައް އޮންނާނީ ގޭންގުތަކަށް ބަހާލައިގެންނެވެ.

އަރުން ޝޯ ކާމިޔާބު ކުރީ ޕްރިންސް ނަރޫލާގެ ގޭންގަށް ނިސްބަތްވާ ދެ ބައިވެރިން ކަމަށްވާ ބިދާން ޝްރެސްތާ އާއި އަންކިތާ ޕަތަކްއާ ވާދަކޮށެވެ.

ކަޝްމީރަށް ނިސްބަތްވާ އަރުންއަކީ ވައިލް ކާޑް ބައިވެރިއެއްގެ ގޮތުގައި ޝޯގެ މެދު ތެރެއިން އެ ޝޯއާ ގުޅުނު ބައިވެރިއެކެވެ. އުމުރުން 21 އަހަރުގެ އަރުން ޝޯގެ ތެރެއިން ފެނިގެންދިޔައީ ވަރަށް ވަރުގަދަ ބައިވެރިއެއްގެ ގޮތުގައެވެ.

އިންޑިއާގެ ނޫސްތަކަށް އަރުން ބުނީ ޝޯގެ މެދު ތެރެއިން ޝޯއާ ގުޅެން ލިބުމުން ދަތިތައް ކުރިމަތިވި ކަމަށެވެ. އެގޮތުން ކްލާހެއްގެ މެދު ތެރެއިން ކްލާހަށް ދިއުމުން ރައްޓެހިން ލިބުމުގައި ދަތިވި ކަމަށެވެ. އެގޮތުން އެހެން އެންމެން އެއްކޮށް އުޅޭއިރު އޭނާ ބާކީވެފައި އިންނަން ޖެހުމައި ޝޯއާ ގުޅުމާއެކު އެންމެން އޭނާއާ ދެކޮޅަށް ގުޅިގެން ވޯޓުލާ ބޭރުކޮށްލަން މަސައްކަތް ކުރިކަމަށް އަރުން ބުންޏެވެ.

މަޝްހޫރު ޓީވީ ތަރި ރަންވިޖޭ ސިންގް ހުށަހަޅާ އެ ޝޯގެ ގޭންގް ލީޑަރުންނަކީ ނެހާ ދޫޕިއާ އާއި އިންޑިއާގެ މަޝްހޫރު ޑީޖޭ ނިކިލް ޗިންނައްޕާ އަދި އެކްޓަރު ޕްރިންސް ނަރޫލާގެ އާއި މަޝްހޫރު މިއުޒިކް ކޮމްޕޯސަރު އަދި ރެޕާ ރަފްތާރުގެ އިތުރުން އިންޑިއާގެ ކުރީގެ ހޮކީ ކުޅުންތެރިޔާ ސަންދީޕް ސިންއެވެ.

މިއީ އެ ޝޯ ރަފްތާރުގެ ގޭންގަށް ނިސްބަތްވާ ބައިވެރިއަކު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މިދިޔަ ދެ ސީޒަން ވެސް ޖެހިޖެހިގެން ކާމިޔާބު ކުރީ ނެހާ ނަމަވެސް މިފަހަރު އެންމެ ފުރަތަމަ ކެޓީ ނެހާގެ ގޭންގުގެ ބައިވެރިންނެވެ.
ހިޔާލު