Parking Jaaga huri thanthanun hulhumale gai ulhandhu registry kohdhenee
image
މާލޭގައި ކާރުތަކެއް ޕާކުކޮށްފައި--
0 ކޮމެންޓް
 

ޕާކިން ޖާގަ ހުރި ތަންތަނުން ހުޅުމާލޭގައި އުޅަނދު ރަޖިސްޓްރީ ކޮށްދެނީ

ހުޅުމާލޭގައި ގަރާޖު ހަދާފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އުޅަނދު ރަޖިސްޓަރީ ކުރުމަށް ދޫކުރާ ހުއްދަ ދޫކުރުން މަޑުޖައްސާލާފައި އޮތް އޮތުމަށް ފަހު ޕާކިން ޖާގަ ހުރި ތަންތަނަށް އުޅަނދު ރަޖިސްޓްރީ ކޮށްދޭން އަލުން ފަށައިފިއެވެ.
އެޗްޑީސީން މިދިޔަ މެއި މަހުގެ ތެރޭގައި ހުޅުމާލޭގައި އުޅަނދު ރަޖިސްޓްރީކުރުން މަޑުޖައްސާލީ ޕާކިން ސަރަހައްދުތަކެއް ކަނޑައެޅެން ދެކަށެވެ.

އެކަމަކު އެޗްޑީސީން މިމަހުގެ ތެރޭގައި މިވަނީ ގޯތި، ރޯހައުސް، މިކްސްޑް އަދި ޕިޔޯ ރެސިޑެންޓް ފްލެޓްތަކުގެ ތެރެއިން ގަރާޖު ހަދާފައިވާ އިމާރާތާއި ފްލެޓުތަކުގައި ޕާކުކުރާނެ ޖާގަ އޮތް ނަމަ އެތަނުގެ ވެރި ފަރާތުގެ ހުއްދައާއެކު އެކަން ކުރެވޭ ގޮތަށް ހަދާފައެެވެ.

އެގޮތުން ދެ ފަރާތުންވި އެއްބަސްވުމުގެ ކޮޕީއެއް ހުށަހެޅުމުން ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކުރާ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

މިދިޔަ ސެޕްޓެމްބަރުގެ މަހުގެ ތެރޭގައި ހުޅުލެއާއި މާލެ ގުޅުވާލާ، ސިނަމާލެ ބްރިޖު ހުޅުވުމާއެކު ހުޅުމާލެއަށް ވަނީ ވަރަށް ބޮޑަށް ޕާކިންގެ މައްސަލަ ދިމާވެފައެވެ. ކުރިން އެރަށް ފާހަގަ ކުރެވިފައި ވަނީ ދުއްވާ އެއްޗެހި މަދު ރަށެއްގެ ގޮތުގައި ނަމަވެސް މިހާރު އެކަން ވަނީ މުޅިން ބަދަލުވެފައެވެ.

އެޗްޑީސީ ހުޅުމާލެ
ހިޔާލު