China ah kanda elhi safeeruge faiy kolhu aruvaifi
image
ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޓްވިޓާ
1 ކޮމެންޓް
 

ޗައިނާއަށް ކަނޑައެޅި ސަފީރު އަޒީމާގެ ފަތްކޮޅު އަރުވައިފި

ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިވާ އާ ސަފީރު އައިޝަތު އަޒީމާގެ ސަފީރުކަމުގެ ފަތްކޮޅު ރަސްމީކޮށް އަރުވައިފި އެވެ.
މިއަދު ހެނދުނު އަޒީމާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައި ވަނީ ޗައިނާގެ ފޮރިން މިނިސްޓްރީގެ ފޮރިން މިޝަންސް އޮފީހުގެ ޑައިރެކްޓަރު އަދި ޕްރޮޓޮކޯލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ވާންގް ލުޓޮންގް އަށެވެ.

ރާއްޖެއިން ޗައިނާއަށް ކަނޑައެޅި ސަފީރު ޗައިނާއަށް ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުގަ އެވެ. އަޒީމާ ސަފީރު ކަމަށް އައްޔަނު ކުރީ ޖޫން މަހުގެ ތެރޭގަ އެވެ.

އަޒީމާއަކީ ކުރިން ލަންޑަނުގައި ހުންނެވި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުރި ޑެޕިއުޓީ ސަފީރެވެ. އޭނާ ވަނީ ފޮރިން މިނިސްޓްރީގެ އިސް މަގާމުތައް ފުރުއްވާފަ އެވެ.
ހިޔާލު

ބޮޑާބެ

މި ނޫނީ ސަފީރުން ފަތްކޮޅު ދޭން ދައުލަތުގެ އެންމެ އިސްވެރިޔާ ބައިވެރިނުވާ ގައުމެއް އޮންނަ ކަމެއްވެސް ނޭގެ.