Australia ge emme nurakkaatheri eh gaathilu athulaiganefi
image
އުމުރުން 41 އަހަރުގެ ޖޮނަތަން ޑިކް--
0 ކޮމެންޓް
 

އޮސްޓްރޭލިއާގެ އެންމެ ނުރައްކާތެރި އެއް ގާތިލު ފިލައިގެން އުޅެނިކޮށް އަތުލައިގަނެފި

އޮސްޓްރޭލިއާ އިން ހޯދަމުން އަންނަ އެންމެ ނުރައްކާތެރި އެއް ގާތިލު ހޯދުމަށް ދެ އަހަރަށް ވުރެ ގިނަ ދުވަހު ކުރި މަސައްކަތަށް ފަހު އަތުލައިގަނެފި އެވެ.
އުމުރުން 41 އަހަރުގެ ޖޮނަތަން ޑިކް ވަނީ ބޮޑު ޝޮޕިން ސެންޓަރެއްގެ ތެރޭގައި އޭނާގެ ކޮއްކޮ ޑޭވިޑް ޑިކް އަށް ކަނޑިއަކުން ހަމަލާދީ މަރާލާފަ އެވެ.

އެ ހާދިސާ ހިނގީ 2017 ވަނަ އަހަރު މެލްބޯން ގައެވެ. މިއަދު އޭނާ ހައްޔަރު ކުރީ މެލްބޯން ގައި އޭނާ އިތުރު ދެ ބަޔަކާ ތަޅާފޮޅަމުން ދަނިކޮށެވެ. އޭނާ ހޯދައިދޭ މީހަކަށް އެއް ލައްކަ އޮސްޓްރޭލިއާ ޑޮލަރު ހުށަހެޅީ މިދިޔަ އަހަރެވެ.

އޭނާ އުޅޭ ތަންތަނުގެ މައުލޫމާތު ބައެއް ފަހަރު ފުލުހުންނަށް ލިބުނު ނަމަވެސް، ކޮންމެ ފަހަރަކު ވެސް އޭނާ ވަނީ ފިލާފަ އެވެ. އޭނާއަކީ އޮސްޓްރޭލިއާގެ އެންމެ ނުރައްކާތެރި 10 ކުށްވެރިންގެ ލިސްޓުގައި ހިމެނޭ މީހެކެވެ.

ޖޮނަތަން އޭނާގެ ކޮއްކޮ މަރާލި ސަބަބު މިއަދާ ހަމައަށް ވެސް ހޯދިފައެއް ނުވެ އެވެ. އެ ހަމަލާގެ މަންޒަރު ސީސީޓީވީ އަށް އަރާފައި ވާއިރު، ހަމަލާ ދީފައި ވަނީ އޭނާގެ ކޮއްކޮ ލިފްޓުން ނިކުތް ވަގުތު ކުއްލިއަކަށެވެ.
އޮސްޓްރޭލިއާ
ހިޔާލު