Shooting therein Sikander ai Kulfi adhi Amyra ah aniya vejje
image
0 ކޮމެންޓް
 

ޝޫޓިން ތެރެއިން ސިކަންދަރާއި ކުލްފީ އަދި އަމައިރާ އަށް އަނިޔާ ވެއްޖެ

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ 'ކުލްޕީ ކުމާރު ބަޖޭވާލާ' ގެ ޝޫޓިން ތެރެއިން މޯހިދު މަލިކް (ސިކަންދަރް ސިންގް ގިލް) އަށާއި އާކްރިތީ ޝަރްމާ (ކުލްފީ) އަދި މީރާ ސިންގް (އަމައިރާ) އަށް އަނިޔާވެއްޖެއެވެ.
ސިކަންދަރު އިންސްޓަގުރާމު މެދުވެރިކޮށް ހިއްސާކުރި ވީޑިއޯ އިން ސިކަންދަރު ކުލްފީ އަދި އަމައިރާ އުރައިގެން ދުވެފައި އަންނަ މަންޒަރު ފެނިގެންދާއިރު ވަކި ހިސާބަކުން އެތިން މީހުން ވެސް ވެއްޓޭ މަންޒަރު ފެނިގެންދެއެވެ.

މަންޒަރު ދުން ބައެއް މީހުނަށް ހަވާލާދީ އިންޑިއާ ބައެއް ނޫސްތަކުން ބުނީ އެ ހާދިސާގައި ސިކަންދަރުގެ އަތާއި އަމައިރާގެ ކަކޫ މަށާއިގެން ގޮސްފައިވެއެވެ.

އެޝޯއަކީ ލަވަކިޔުމަށް ޝައުގުވެރިކަން ހުންނަ ކުލްފީ ކިޔާ ކުޑަކުއްޖެއްގެ މައްޗައް ހަދާ ޝޯއެކެވެ. މިހާތަނަށް 365 އެޕިސޯޑު ދައްކާފައިވާއިރު ގިނަ އެވޯޑުތަކެއް ވަނީ އެޝޯއަށް ލިބިފައެވެ. އަދި ގިނަ ބައެއްގެ މަގުބޫލުކަން ވެސް ވަނީ އެ ޝޯއަށް ލިބިފައެވެ. އެ ޝޯ ފަށާފައިވަނީ މިދިޔަ އަހަރުއެވެ.
ކުލްފީ ސްޓާ ޕްލަސް
ހިޔާލު