Vicky ge kuda iruge photo akah gina baehge loathah!
image
ވިކީ---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ވިކީގެ ކުޑައިރުގެ ފޮޓޯއަކަށް ގިނަ ބައެއްގެ ލޯތައް!

ބޮލީވުޑުގައި ކުރިއަރަމުން އަންނަ ޒުވާން ތަރި، ވިލީ ކޯޝަލް ގެ ކުޑައިރުގެ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަމަށް ލިބިއްޖެއެވެ.
އިންސްޓާގުރާމު މެދުވެރިކޮށް ވިކީ އިއްޔެ ހިއްސާކުރި އެޕޮޓޯއިން ވިކީ ފެނިގެންދަނީ ފްރިޖެއްގެ ތެރޭގައި އިން މަންޒަރެވެ. އެ ފޮޓޯ ފުރަތަމަ ފެނިފައި ގިނަ ބަޔަކަށް އެއީ ކާކު ކަން ނޭނގުނުއިރު ގިނަ ބަޔަކު ވަނީ ވިކީ އާ ވައްތަރު ނޫން ކަމަށް ވެސް ބުނެފައެވެ.

View this post on Instagram

Fridge potato. Circa ‘88.

A post shared by Vicky Kaushal (@vickykaushal09) on


އޭގެ އިތުރުން ބައެއް ފަރާތްތަކުން ވަނީ ވިކީ ކުޑައިރު ވެސް އަދި މިހާރު ވެސް ވަރަށް މައުސޫމް ކަމަށް ބުނެފައެވެ. އެ ފޮޓޯ ވަރަށް ކަމުދާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އުމުރުން 31 އަހަރުގެ ވިކީ ވިދާލީ މިދިޔަ އަހަރު ނެރުނު ފިލްމު "ރާޒީ" ގައި މަސައްކަތް ކުރި ފަހުންނެވެ. އޭގެ ފަހުން ބޮލީވުޑުން ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބެމުން އަންނައިރު "ސަންޖޫ" އާއި "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް" ގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ.

ވިކީ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ބޫތު: ޕާޓް ވަން-ދަ ހޯންޓެޑް ޝިޕް" އިންނެވެ. މިއީ ވިކީ ބިރުވެރި ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ. އެފިލްމު ނެރޭނީ އަންނަ ނޮވެމްބަރު މަހުގެ 15 ގައެވެ. އޭގެ އިތުރުން ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު "ތަހުތު" ގައި މަސައްކަތް ކުރަން ވެސް އޭނާ އަށް ހުށަހަޅާފައިވެ އެވެ.
ހިޔާލު