Pakistan gai lava hushahelhuneethee India meehunge kibain maafah edhen Mika Singh beynun vehje
image
މިކާ ސިންގް--
0 ކޮމެންޓް
 

ޕާކިސްތާނުގައި ލަވަ ކިޔުނީތީ މިކާ ސިންގް މައާފަށް އެދެން ބޭނުންވެއްޖެ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް މިމަހުގެ އަށް ވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީގައި ޝޯ ދެވުނީތީ އިންޑިއާ ރައްޔިތުންގެ ކިބައިން މައާފަށް އެދެން މިކާ ބޭނުންވެފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.
އިންޑިއާ ރައްޔިތުންގެ ކިބައިން މިކާ މައާފަށް އެދެން ބޭނުންކަމަށްވާ ކަމަށް އިންޑިއާ ނޫސްތަކުން ބުނެފައި މިވަނީ ހަތުރުވެރި ޕާކިސްތާނުގައި މިކާ ޝޯ ދިނުމާ ގުޅިގެން އިންޑިއާގައި ޕާފޯމުކުރުން މިކާއަށް އޯލް އިންޑިއަން ސިނެ ވޯކާސް އެސޯސިއޭޝަނުން މަނާކޮށްފައިވަނިކޮށެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ޒާމާނުއްސުރެ ރުޅިވެރިކަން އޮންނަ ދެ ގައުމެވެ. އެގޮތުން މިކާއަށް އިންޑިއާގައި ޝޯ ދިނުން މަނާކޮށްފައި މިވަނީ ގައުމުގެ ހަމަޖެހުމަށްވުރެ ފައިސާ އިސްކުރުމާ ގުޅިގެންނެވެ.

އޯލް އިންޑިއަން ސިނެ ވޯކާސް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ، އިންޑިއާގައި ޕާފޯމުކުރުން މިކާއަށް މިހާރު މަނާކޮށްފައިވާ ކަމަށާއި ފިލްމު އުފައްދާ ފަރާތްތަކާއި މިއުޒިކް ކުންފުނިތައް އަދި އޮންލައިންކޮށް މިއުޒިކު ކޮންޓެންޓް ޕްރިވައިޑަރުންވެސް އެ އެންގުމާއި ހިލާފުވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މިކާ ވަނީ އޭނާއަށް ކުށެއް ކުރެވިފައިވާ ކަމަށާއި އެހެންވެ އެކަމަށް މައާފަށް އެދެން ބޭނުންވެފައެވެ. އަދި ވަރަށް އަވަހަށް އެ އެސޯސިއޭޝަނުގެ މީހުންނާ ބައްދަލުކޮށް އެކަމަށް މައާފަށް އެދޭނެ ކަމަށް ވެސް ވެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މިކާ ޝޯ ދީފައި ވަނީ ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފުގެ އާއިލާ މީހެއްގެ ދަރިއެއްގެ ކައިވެނީގެ ކުރިން ބޭއްވި ހަފުލާއެއްގައެވެ.

ޕާކިސްތާނުގައި މިކާ ޝޯއެއް ދިންކަން އެނގުނީ ޕާކިސްތާނުގެ ނޫސްވެރިއަކު ސޯޝަލް މީޑިއާއަށް އޭނާ އެ ހަފުލާގައި ލަވަކިޔަނިކޮށް ނަގާފައިވާ ވީޑިއޯއެއް ހިއްސާކުރުމުންނެވެ.

މިއުޒިކީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މިކާއަކީ ބޮލީވުޑުގެ ލަވަކިޔުންތެރިއެކެވެ. "އަޖް ކީ ޕާޓީ" އާއި "ހަވާ ހަވާ" އަދި "ޖުއްމޭ ކީ ރާތު" އާއި "ދިންޗަކް ޗިކާ" ފަދަ ލަވަތައް ބޮލީވުޑުގެ ފިލްމުތަކަށް ކިޔައިދީފައިވާ މިކާ އެންމެ ފަހުން ކިޔާ ފައި ވަނީ ރޯހިތު ޝެޓީ ޑައިރެކްޓުކޮށް ނެރޭ ފިލްމު "ސިމްބާ" ގެ އާންކް މާރޭ އެވެ.
ހިޔާލު