Education adhi gender ministry ah dhe state ministerun hamajassaifi
image
ރައީސް ސޯލިހު، މިއަދު އައްޔަން ކުރެއްވި ދެ ސްޓޭޓް މިނިސްޓަރުންނާއި އެކު.-- ފޮޓޯ: ރައީސް އޮފީސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އެޑިއުކޭޝަން އާއި ޖެންޑާ މިނިސްޓްރީ އަށް ދެ ސްޓޭޓް މިނިސްޓަރުން އައްޔަން ކޮށްފި

މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަންގެ މަގާމަށް އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަގާމަށް ދެ ބޭކަނބަލަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިިފިއެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ފުވައްމުލަކު ސިޓީ، މާދަޑު، ހަޒާރުމާގެ އާއިޝަތު އާޔިޔާ ނަސީރެވެ. އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަގާމަށް އައްޔަން ކުރެއްވީ ގދ. ތިނަދޫ، ނީލުގެ، ޒިފްލީނާ ހަސަންއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ގޮތުގައި ހަމަޖެއްސެވި އާއިޝަތު އާތިޔާ ނަސީރަކީ އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ނޮޓިންހަމް އިން އެޑިއުކޭޝަނަލް ލީޑަރޝިޕް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައި ބޭކަނބަލެކެވެ.

އޭގެ އިތުރުން އާތިޔާ ވަނީ އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގެ އިތުރުން ތައުލީމީ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައެވެ. އާތިޔާ އެންމެ ފަހުން އަދާކުރެއްވި ވަޒީފާއަކީ އޭޑީކޭ ހޮސްޕިޓަލްގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ޒިފްލީނާ ވަނީ، އޮސްޓްރޭލިޔާގެ ޔުނިވަސިޓީ އޮފް ސަދަން ކުއީންސްލޭންޑުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައެވެ. ޒިފްލީނާ މިހާރު އަންނަނީ ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ މި ދެ ބޭކަނބަލުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފައެވެ.
ހިޔާލު