Aa seaplane terminal kuyyah dhinumuge aduthakaai eku haasa audit eh hadhanee
image
އެމްއޭސީއެލް އިން 40 މިލިޔަން ޑޮލަރު ހަރަދުކޮށްގެން އަޅާ އާ ސީޕްލޭން ޓާމިނަލް.
1 ކޮމެންޓް
 

އާ ސީޕްލޭން ޓާމިނަލް ކުއްޔަށްދިނުމުގެ އަޑުތަކާއި އެކު މަޖިލީސް ކޮމިޓީން އަންގައިގެން ހާއްސަ އޮޑިޓެއް ހަދަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބޮޑު ހަރަދެއް ކޮށްގެން ހުޅުލޭގައި އަޅާ އާ ސީޕްލޭން ޓާމިނަލް، ދައުލަތަށް ގެއްލުންވާ ގޮތަށް އަމިއްލަ ކުންފުންޏަކަށް އެ ތަން ކުއްޔަށް ދޭން އުޅޭ ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް އެ ތަނުގެ ހާއްސަ އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން، އޮޓިޓާ ޖެނަރަލް އަށް ހަވާލުކުރުމަށް ނިންމައިފި އެވެ.
އަޑުފެތުރިފައިވާ ގޮތުން އެމްއޭސީއެލް އިން އުޅެނީ އާ ސީޕްލޭން ޓާމިނަލް، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދޭށެވެ. އެކަމަކު އެފަދަ އެއްވެސް މައުލޫމާތެއް މިހާތަނަށް ރަސްމީކޮށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނެތެވެ.

އެމްއޭސީއެމް އިން 40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ ޓާމިނަލްގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، އެ ތަން ޓީއެމްއޭ އަށް ކުއްޔަށް ދީފިނަމަ، ސީޕްލޭން އިންޑަސްޓްރީގެ ވާދަވެރިކަން ގެއްލި އެހެން އޮޕަރޭޓަރުންނަށް ބޮޑެތި ދަތިތައް ކުރިމަތިވާނެ ކަމަށް، އެ ކަމާއި ގުޅިގެން ކަންބޮޑުވާ ގިނަ ބޭފުޅުން ވިދާޅުވެ އެވެ.

އެ ކަންބޮޑުވުންތަކާއި ގުޅިގެން ހާއްސަ އޮޑިޓެއް ހަދަން މާލިއްޔަތު ކޮމިޓީން ފާސްކުރީ ކޮމިޓީ އަށް އެ މައްސަލަ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވުމުންނެވެ.
ހިޔާލު

7

އޮޑިޓް ހެދިއަސް ނެހެދިއަސް ތިޔަތަން ކުއްޔަށް ދޭނެ
އެވެ މިސަރުކާރު ވެރިކަމާ ހަވާލްވީ ދައުލަތުގެ ހަރު
މުދާތައް ނުއަގުގައިވިއްކައި މޑޕގެ އިސްމީހުން ބިލިއަނަރުންނަށް ވުމަށެވެ.