Dhuvasvee meeha ge aaila aai gulhijje, midhanee kan veegoiyy balamun: Gender
image
ދުވަސްވީ އަންހެން މީހާ ގޯޅިގަނޑުގައި
ސީއެންއެމް
0 ކޮމެންޓް
 

ދުވަސްވީ މީހާގެ އާއިލާއާއި ގުޅިއްޖެ، މިދަނީ ކަން ވީގޮތް ބަލަމުން: ޖެންޑަރ

ނިކަމެތި ހާލުގައި ގޯޅިގަނޑެއްގައި އިން އުމުރުން ދުވަސްވީ އަންހެން މީހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އެމީހާ ހޯދުމަށް ޖެންޑާ މިނިސްޓްރީންވަނީ މަސައްކަތް ފަށައިފި އެވެ.
ޖެންޑަރ މިނިސްޓްރީން މިރޭ ބުނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމީހާގެ އާއިލާގެ ފަރާތުން އެ މިނިސްޓްރީއާއި މުއާމަލާތު ކުރަން ފަށާފައިވާކަމުގައެވެ. ނަމަވެސް އިތުރު ތަފްސީލެއް ޖެންޑަރ މިނިސްޓްރީން ނުދެއެވެ. ޖެންޑަރ މިނިސްޓްރީން ބުނީ އަންހެން މީހާގެ ޢާއިލާގެ ފަރާތުން މިނިސްޓްރީއާ މުޢާމަލާތުކޮށްފިކަމަށާއި މިނިސްޓްރީން ކަން ހިނގައި ދިޔަގޮތް ބަލަމުން ގެންދާކަމުގައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަނީ "ޒިރްކޯން" ނަމަކަށް ކިޔާ ގެއަކާ ޖެހިގެން ހުންނަ ގޯޅިގަނޑެއްގެ ތެރޭގައި، މަގުމައްޗަށް ވާ ގޮތަށް ފާރުގައި ލެނގިލައިގެން އިންނަ އަންހެނެކެވެ.

އަނގަމަތީގައި އަތް އަޅައިގެން ކަހަލަ ގޮތަކަށް އިންނަ އެ މީހާގެ މޫނުމަތިން ކަންބޮޑުވެފައިވާ ކަމުގެ އަލާމާތްތަކެއް ފެނެ އެވެ. ފެންނަ ފެނުމަށް އެއީ އުމުރުން ދުވަސްވީ މީހެކެވެ.

އެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުކުރި މީހަކު ބުނެފައި ވަނީ އެ އުމުރުގެ މީހަކަށް އަޅާލާނެ މީހަކު ނެތި، މަގުމަތީގައި އިންނަން ޖެހުމަކީ އޭގެ ސަބަބު ބަލާ، ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށެވެ.
ޖެންޑާ މިނިސްޓްރީ
ހިޔާލު