Dream Girl ge dhevana lava nerefi
image
0 ކޮމެންޓް
 

"ޑްރީމް ގާލް"ގެ ދެވަނަ ލަވަ ނެރެފި

ބޮލީވުޑުގެ ކާމިޔާބު އެކްޓަރު އަޔުޝްމަން ކުރާނާގެ ކުރިއަށް އޮތް ފިލްމު "ޑްރީމް ގާލް" ގެ ދެވަނަ ލަވަ ނެރެފިއެވެ.
އަޔުޝްމަނާއި ނުޝްރަތް ބަރޫޗާ ލީޑު ރޯލުން ފެނިގެންދާ އެފިލްމުގެ ދެވަނަ ލަވަ ކިޔާފައިވަނީ ޖޯތިކާ ގާންދީ އާއި ނަކްޝް އަޒީޒް އެވެ. އެލަވަ އަށް ކިޔަނީ "ދިލް ކާ ޓެލެފޯން" އެވެ.

ދެ މިނެޓާއި 51 ސިކުންތުގެ އެ ލަވަ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ މީހުން ވަނީ އެލަވަ ބަލާފައެވެ.



އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރު ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އޭކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ އެފިލްމަކީ ކޮމެޑީ ފިލްމެކެވެ.
ހިޔާލު