Aditya Roy Kapoor aai Loabiveriyaa Diva Engage vanee
image
އަދިތުޔާ ރޯއީ ކަޕޫރާއި އޭނާގެ ލޯބިވެރިޔާ ދީވާ--
0 ކޮމެންޓް
 

އަދިތުޔާ ރޯއީ ކަޕޫރާއި ލޯބިވެރިޔާ ދީވާ އެންގޭޖުވަނީ

ބޮލީވުޑުގެ މަޝްހޫރު ތަރި އަދިތުޔާ ރޯއީ ކަޕޫރާއި އޭނާގެ ލޯބިވެރިޔާ ދީވާ ދާވަން އެންގޭޖުވާން އުޅޭ ކަމަށް ހަބަރުތައް ބުނެފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އުމުރުން 33 އަހަރުގެ އަދިތުޔާ އާއި ދީވާ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެންގޭޖުވާނެ އެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އެމީހުން ކައިވެނިކޮށްފާނެ ކަމަށް ވެސް ބުނެއެވެ.

މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކުރާ ދީވާއާއި އަދިތުޔާ އެންގޭޖުވާން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާއިރު އެމީހުން އެކަމާ ގުޅިގެން އަދި މީޑިއާއަށް މައުލޫމާތެއް ނުދެއެވެ.

އެންމެ ފަހުން ކޮފީ ވިތު ކަރަންގައި އަދިތުޔާ ސިދާތު މަލްހޯތުރާއާއެކު ބައިވެރިވިއިރު އެފަހަރު ދީވާއާ ގުޅިގެން ކަރަން ސުވާލުކުރުމުން އަދިތުޔާ ވަނީ ރައްޓެހިވެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ބުނީ އެމީހުންނަކީ އެކުވެރިން ކަމަށާއި އެކުގައި ވަގުތު ހޭދަކުރަން ދެމީހުން ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.
View this post on Instagram

#thesinglelife

A post shared by @ adityaroykapur on


View this post on Instagram

Beaver beaver

A post shared by Diva Dhawan (@diva.dhawan) on


އިނގިރޭސިވިލާތުގައި ދިރިއުޅޭ ދީވާ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރުން ކަމަށްވާ ތަރުން ތަހިލިއާނީ އާއި މަނީޝް މަލޯތްރާ ފަދަ ޑިޒައިނަރުންގެ ފެޝަންތަކުން ވެސް ފެނިގެންގޮސްފައި ވެއެވެ. އަދި ދާދި ފަހުން އޭނާ ވަނީ ރަންވީރު ސިންގްއާއެކު އިޝްތިހާރަކުން ވެސް ފެނިގެންގޮސްފައެވެ.

ދެހާސް ތޭރަ ވަނަ އަހަރު ނެރުނު ފިލްމު "އާޝިގީ 2" އަކުން ވިދާލި އަދިތުޔާ މިހާރު މަސައްކަތް ކުރަމުން އަންނަނީ "ސަޅަކް" އާއި "މަލަންގް" ގައެވެ. އެ ދެ ފިލްމަކީ ވެސް އަންނަ އަހަރު ނެރެން ނިންމާފައިވާ ދެ ފިލްމެވެ.
ހިޔާލު