Prabhas ai Anushka loabige gothun gulhigen ulhey kamah dhekevey vaahaka dhogu koffi
image
ޕްރަބާސް އާއި އަނުޝްކާ---
0 ކޮމެންޓް
 

ޕްރަބާސް އާއި އަނުޝްކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ތެލުގޫ ފިލްމު އިންޑަސްޓްރީގައި ފިޔަ ޖަހަމުން އަންނަ ތަރި ޕްރަބާސް އާއި އެކްޓަރެސް އަދި މޮޑެލް އަނުޝްކާ ޝެއްޓީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދެކެވޭ ޕްރަބާސް ދޮގުކޮށްފިއެވެ.
ދާދި ފަހުން ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު "ސާހޯ"ގެ ޕްރޮމޯޝަން އިވެންޓެއްގައި ދިން އިންޓަވިއުގައި ވާހަކަ ދައްކަމުން ޕްރަބާސް ބުނީ އެފަދަ ވާހަކަތައް ދެކެވެނީ ކީއްވެ ކަމެއް އޭނާ އަށް ނޭނގޭ ކަމަށެވެ.

އޭގެ އިތުރުން ފިލްމު ކުޅުމުގެ ކުރިން ވެސް އެކަކު އަނެކަކު ދަންނަ ކަމަށާއި އެފަދަ ވާހަކަތައް އަޑު އިވުމުން ދެމީހުން ވަރަށް ހޭ ކަމަށް ވެސް ޕްރަބާސް ވަނީ ބުނެފައެވެ. އަދި ދެމީހުންގެ މެދުގައި އެފަދަ ގުޅުމެއް އޮތް ނަމަ މީގެ ދެ އަހަރު ކުރިން ވެސް އެދެމީހުން އެކުގައި ތަންތަނަށް ގޮސް އުޅޭތަން ފެނިފައި ހުންނަން ޖެހޭނެ ކަމަށް ޕްރަބާސް ވަނީ ބުނެފައެވެ.

ޕްރަބާސް އާއި އަނުޝްކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވާހަކަތައް ފެތުރިފައިވަނީ 2015 ވަނަ އަހަރު ނެރުނު ފިލްމު "ބަހޫބަލީ" އަށް ފަހުގައެވެ. އެފިލްމުގައި ލީޑު ރޯލުން ފެނިގެންގޮސްފައިވަނީ ޕްރަބާސް އާއި އަނުޝްކާ އެވެ.

ޕްރަބާސް އެންމެ ފަހުން ފެނިގެން ދިޔައީ ބަހޫބަލީގެ ދެވަނަ ބައިންނެވެ. އެފިލްމަށް ލިބުނު ބޮޑު ކާމިޔާބަށްފަހު އޭނާ ދެން ފެނިގެންދާނީ "ސާހޯ" އިންނެވެ. އެފިލްމުގައި ޕްރަބާސް އާއެކު ސަޝާ ޗެތްރީ އާއި ޝްރައްދާ ކްޕޫރުގެ އިތުރުން ނިއިލް ނިތިން މުކޭޝް އަދި ޖެކީ ޝްރޮފް ވެސް ފެނިގެންދާނެއެވެ.
ޕްރަބާސް
ހިޔާލު