10 Crore ge isthihaareh kulhen Shilpa dhekolhu hadhaifi
image
ޝިލްޕާ ޝެޓީ--
0 ކޮމެންޓް
 

10 ކްރޯޑުގެ އިޝްތިހާރެއް ކުޅެން ޝިލްޕާ ދެކޮޅު ހަދައިފި

ބޮލީވުޑުގެ ބަތަލާ ޝިލްޕާ ޝެޓީއަކީ ފިޓްނެސްގެ ދާއިރާގައި ވެސް މިހާރު ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. އެގޮތުން ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ވެސް އިންސްޓަގްރާމު މެދުވެރިކޮށް ޝިލްޕާ އަންނަނީ ހިއްސާކުރަމުންނެވެ.
ދާދިފަހުން ޝިލްޕާއަށް 10 ކްރޯޑު ރޫޕީސްއަށް އިޝްތިހާރެއް ކުރުމަށް ހުށަހެޅި އެވެ. އެ އިޝްތިހާރަކީ ހިކިވުމަށް ބޭނުން ކުރާ ބޭސްގުޅައެއް އިޝްތިހާރު ކުރަން ޖެހޭ އިޝްތިހާރެއް ނަމަވެސް ޝިލްޕާ މިވަނީ އެ އިޝްތިހާރު ކުޅެ ދިނުމަށް ދެކޮޅު ހަދާފައެވެ.

އެކަމާއި ގުޅިގެން އުމުރުން 44 އަހަރުގެ ޝިލްޕާ ނޫސްތަކަށް ބުނީ، ބޭސް ކައިގެން ހިކުމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި ބައެއް ބޭސް ކައިގެން ވެސް ރަނގަޅު ނަތީޖާ ނުފެނިދާނެ ކަމަށެވެ. އޭގެ ބަދަލުގައި ކަޝްރަތުކުރުން އެއީ މާ ރަނގަޅު ގޮތެއްކަން ޝިލްޕާ ފާހަގަކުރިއެވެ.

ދާދިފަހުން ޝިލްޕާ ވަނީ ފިޓްނެސް އެޕެއް ވެސް ލޯންޗުކޮށްފައެވެ.

ދަޅްކަން އާއި ބާޒީގަރު ފަދަ ހިޓު ފިލްމުތަކުން ފެނިގެންދިޔަ ޝިލްޕާ ފިލްމީ ދާއިރާއާ ދުރުގާ އުޅޭތާ މިހާރު 13 އަހަރުވެފައިވާއިރު އޭނާ ބޮލީވުޑަށް އެނބުރި އައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ބޮލީވުޑާ ދުރަށް ޖެހިލި ނަމަވެސް ޑާންސް ޝޯތަކުގެ ޖަޖެއްގެ ގޮތުގައި ވެސް ޝިލްޕާ ފެނިފައިވެއެވެ.
ހިޔާލު