Mexico court akun dhemeehakah cocaine beynunkurumuge huhdha dheefi
image
މީހަކު ކޮކެއިން ޕެކެޓެއް ހިފައިގެން-- ފޮޓޯ: މައިޑީއާރް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މެކްސިކޯ ކޯޓެއްގެ ފަނޑިޔާރެއް ކޮކެއިން ބޭނުންކުރުމުގެ ހުއްދަ ދެމީހަކަށް ދީފި

ދެމީހަކަށް ކޮކެއިން ބޭނުންކުރުމުގެ ހުއްދަދީ މެކްސިކޯ ކޯޓެއްގެ ފަނޑިޔާރެއް ހުކުމްކޮށްފިއެވެ.
ފަނޑިޔާރު ކުރި ހުކުމުގައި ވަނީ ދެމީހަކަށް ކޮކެއިން ގެންގުޅުމާއި، އެއްތަނުން އަނެއްތަނަށް އުފުލުމާއި ބޭނުންކުރުމުގެ ހުއްދަދީފައެވެ. މިއީ ފަނޑިޔާރަކު މިފަދަ ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ.

މެކްސިކޯ ޔުނައިޓެޑް އެގެއިންސްޓް ކްރައިމް (އެމްޔޫސީޑީ) އިން ބުނި ގޮތުގައި ފަނޑިޔާރު ވަނީ އެ ދެމީހުންނަށް ކޮކެއިން ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އެގައުމުގެ ސިއްހަތާ ބެހޭ ފަރާތްތަކަށާއި މެކްސިކޯގެ ފެޑެރަލް ކޮމިޝަން ފޯ ދަ ޕްރޮޓެކްޝަން އެގެއިންސްޓް ސެނިޓީ ރިސްކް (ކޯފްޕްރިސް) އަށް އަމުރުކޮށްފައެވެ. ނަމަވެސް މިހުކުމް ތަންފީޒު ކުރެވޭނީ މެކްސިކޯގެ މަތީ ކޯޓެއްގެ ރުހުން ލިބިގެންނެވެ.

މޭ މަހު ކޯޓުން ކުރި އަމުރު ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ކޯފްޕްރިސްގެ އޮފިޝަލެއް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވީ އެފަދަ ހުއްދައެއް ދިނުމަކީ ގާނޫނުގެ ބޭރުން ކުރެވޭކަމެއް ކަމަށެވެ.

މިހުކުމް ތަންފީޒުކުރެވޭނީ މެކްސިކޯގެ ފަނޑިޔާރުންގެ ޕެނަލްއަކުން އެކަމަށް ރުހުން ދީފިނަމައެވެ. ފަނޑިޔާރުންގެ ޕެނަލުން އެކަމަށް ރުހުން ދިނަސް ކޮކެއިން ބޭނުންކުރުމުގެ ހުއްދަ ލިބޭނީ ހުކުމުގައިވާ ދެމީހުންނަށް އެކަންޏެވެ.

އަންގާރަ ދުވަހު އެމްޔޫސީޑީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހުކުމަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް މެކްސިކޯއިން ކުރާ ހަނގުރާމާގައި އެޅުނު އާ ފިޔަވަޅެއް ކަމަށެވެ. އަދި މިއީ މެކްސިކޯގެ ޕަބްލިކް ހެލްތް އިތުރަށް ވަރުގަދަވާ ކަމެއް ކަމުގައި އެމްޔޫސީޑީން ބުނެއެވެ.

މެކްސިކޯއަކީ ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާ މަސްތުވާތަކެތީގެ ބޮޑެތި ކާޓެލްތައް އޮޕަރޭޓްކުރާ ގައުމެކެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި ކުރިމަތިވާ ކަންކަމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް މެކްސިކޯގެ އެތައް ބަޔަކު މަރާލައެވެ.
ހިޔާލު