Central Zone Volleyball : kulhunu furathama math'in Rajje balivehjje
image
މިއުނާ ހަސަން
0 ކޮމެންޓް
 

ސެންޓްރަލް ޒޯން ވޮލީބޯލް: ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

ސެންޓްރަލް ޒޯން ވޮލީބޯލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ ސީނިއާ ފިރިހެން ވޮލީ ޓީމް ބަލިވެއްޖެއެވެ.
ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީބޯލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ ސީނިއާ ފިރިހެން ވޮލީ ޓީމް މުބާރާތުގެ ފުރަތަމަ މެޗުން ބަލިވީ ކިރިގިސްތާނުގެ ސީނިއަރ ފިރިހެން ވޮލީ ޓީމާއި ވާދަކޮށް ސީދާ ތިންސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ރަނގަޅު ހަމަލާތަކެއް އުފައްދައިގެން މޮޅަށް ކުޅުނީ ކިރިގިސްތާނުންނެވެ. މި ސެޓު ކިރިގިސްތާނުން ކާމިޔާބުކުރީ 25-15 އިންނެވެ.

ދެވަނަ ސެޓު ފެށިގެން ރާއްޖެއިން ރަނގަޅަށް ކުޅުނުއިރު މިސެޓުގައި ރެއްޖޭގެ ޓީމުން ވަނީ ކިރިގިސްތާނަށް ޕްރެޝާބޮޑުކޮށް ނަތީޖާ ނެރުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ކިރިގިސްތާނުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ސެޓު ގެންގޮސްފައެވެ. މި ސެޓު ކިރިގިސްތާނުން ކާމިޔާބު ކުރީ 26-24 އިންނެވެ.

މެޗުގެ ތިންވަނަ ސެޓުގެ ގިނަވަގުތު ރާއްޖެއިން ވަނީ ރަނގަޅަށް ކުޅެފައެވެ. އެހެން ނަމަވެސް މި ސެޓު ކިރިގިސްތާނުން ގެންދިޔައީ 25-19 އިންނެވެ.

މި މުބާރާތުގައި ކިރިގިސްތާނުން ކުޅުނު ފުރަތަމަ މެޗުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލު އަތުން ސީދާ ތިން ސެޓުން މޮޅުވެފައިވާއިރު، ރާއްޖެ އަތުން މޮޅުވެ ލިބުނު ދެ މޮޅާއިއެކު ކިރިގިސްތާނުން މިވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ނިކުންނާނީ މުބާރަތް ބާއްވާ ޤައުމު ނޭޕާލާއި ދެކޮޅަށެވެ. މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ގުރުޕް އޭގައި ކިރިގިސްތާނާއި ނޭޕާލާއި އެކުއެވެ.

ގުރުޕް ބީގައި އޮތީ ބަންގްލަދޭޝް، އުޒްބެކިސްތާން، އަފްގާނިސްތާން އަދި ތުރުކެމިނިސްތާނެވެ.ވޮލީ ބޯޅަ
ހިޔާލު