Nasheedh ge faadu kiyun Majileehuge committee thakah
image
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މަޖިލީހުގެ ކޮމިޓީތަކަށް މަޖިލީހުގެ ރައީސް ފާޑުކިޔައިފި

ރައްޔިތުންގެ މަޖިލީހުން އުފައްދާފައިވާ ކޮމިޓީތަކަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.
ނަޝީދު ދާދި ފަހުން އުފައްދަން މަސައްކަތް ކުރެއްވި "ސުޕަ ކޮމިޓީ" އާ ބެހޭގޮތުން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކޮމިޓީގެ މަސައްކަތް ފެއްޓެވުނީ މަޖިލީހުގައި މިހާރު ހުރި ކޮމިޓީތަކުގެ ނިންމުންތަކާ ގުޅޭ ޝަކުވާ އަންނަން ފެށުމުންކަމަށެވެ.

އެގޮތުން މުއައްސަސާތަކަށް މީހުން އައްޔަންކުރުމަށް ކޮމިޓީތަކުން އިންޓަވިއުއަށް މާކްސް ދޭއިރު، އެމެންބަރު އެތާ އިންނަންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެފަދަ އެތައް އިޖުރާއަތްތަކެއް ކޮމިޓީތަކުން ހިފަހައްޓަންޖެހޭކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ކޮމިޓީތަކުން އެކިބޭފުޅުންނަށް މާކްސް ދޭއިރުވެސް އަމަލު ކުރަންޖެހޭ ވަކި އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ ނަޒާހަތްތެރިކަން ބެލެހެއްޓުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއްކަމަށެވެ.

ޖަވާބުދާރީ ކުރަނިވި ދައުލަތެއް ހިންގޭނީ މުސްތަގީލު މުއައްސަސާތައް މެދުވެރިކޮށްކަމަށް ވިދާޅުވެ ނަޝީދުވަނީ އަމިއްލަ ޕާޓީގެ ޕާލިމަންޓް ގްރޫޕްގެ ތާއީދު ނުލިބި އިސްލާހެއް ނުގެނެވޭނެކަން ފާހަގަކޮށްފައެވެ.

ނަޝީދު ވިދާޅުވީ ހުރިހާ ކޮމިޓީއެއްގެ މުގައްރިރުންނާއި ޕާޓީތަކުގެ ލީޑަރުން ހިމެނޭ ކޮމިޓީ އޮތުމަކީ ބޭނުންތެރިކަމެއް ކަމަށް އަދިވެސް ދެކޭކަމަށެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީއަށް އެއީ މާބުއްދިވެރި ހިޔާލަކަށް ނުވި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހެޅުއްވީ މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަކީ އެންމެ ކޮމިޓީއަކުން ކުރާ ވަރަށް ވުރެ، މާފުޅާ ދާއިރާއެއްގައި ވިސްނައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ޝާމިލްވުން އޮންނަން ޖެހޭ ކަމަށް ވިދާޅުވެ އެވެ.

ނަޝީދު ވިދާޅުވީ ސުޕަ ކޮމިޓީއެއް އުފެއްދި ނަމަވެސް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ކުރާ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ސުޕަ ކޮމިޓީ އުފެއްދުމުގެ މަގްސަދަކީ ހުރިހާ ކޮމިޓީއެއްގެ މުގައްރިރުންނާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ކޮމިޓީއަކުން ވެސް މުސްތަގިއްލު މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ކަންކަން އިތުރަށް ބެލުމަށްފަހު، މުޅި މަޖިލިސް ޝާމިލްވާ ގޮތަށް އެކަމާ ވިސްނުމަށްފަހު މަޖިލީހުގެ ތަޅުމަށް އެ މަސައްކަތް ގެންދިއުން ކަމަށެވެ.

ނަމަވެސް، ސުޕަ ކޮމިޓީ ހަދަން ނަޝީދުގެ ހުށަހެޅުއްވުމަކަށް އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ރުހުމެއް ނުލިބުނެވެ. ފަހު ވަގުތު ސުޕަ ކޮމިޓީން ނަޝީދުގެ ނަން އުނިކޮށްގެން ހުށަހެޅި ނަމަވެސް، އެކަމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައިވަނީ ސުޕަ ކޮމިޓީ ހަދަން ނުފެންނަ ކަމަށެވެ.
ހިޔާލު