Keerthy bollywood ah thaaraf vaa film ge furathama poster dhahkaalaifi
image
ކީރްތީ--
0 ކޮމެންޓް
 

ކީރްތީ ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ތަމިލް އިންޑްސްޓްރީގެ މަޝްހޫރު ބަތަލާ ކީރްތީ ސުރޭޝް ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.
އިންސްޓަގުރާމު މެދުވެރިކޮށް ކީރްތީ އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމުގެ ނަމާއި ޕޯސްޓަރު ދައްކާލާފައި ވާއިރު އެ ފިލްމަށް ކިޔަނީ "މައިދާން" އެވެ. އެ ޕޯސްޓުގައި ފިލްމުގެ ޝޫޓިންއާ ގުޅެން ކެތްމަދުވެފައިވާ ކަމަށް ކީރްތީ ވަނީ ބުނެފަ އެވެ.



ކީރްތީ އާއެކު އެ ފިލްމުގައި ފެނިގެން ދާނީ އަޖޭ ދޭވްގަން އެވެ. މި ފިލްމަކީ ބޯނީ ކަޕޫރުގެ ފިލްމެކެވެ. އަމިތު ޝަރުމާ ޑައިރެކްޓު ކުރާ އެ ފިލްމަކީ ކުރީގެ އިންޑިއާގެ ފުޑްބޯޅަ ކޯޗެއް ކަމަށްވާ ސައީދު އަބްދުލް ރަހީމުގެ މައްޗައް ހަދާ ފިލްމެއް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

ކީރްތީ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ރެމޯ" އާއި "ސަރްކާރް" އާއި "ނޭނު ސައިޖަލާ" އާއި "ނޭނު ލޯކަލް އަދި "މަހަނާތީ" ހިމެނެ އެވެ. އަޖޭ އެންމެ ފަހުން ފެނިގެން ދިޔައީ މިއަހަރު ނެރުނު ފިލްމު "ޓޯޓަލް ދަމާލް" އިންނެވެ.
ހިޔާލު