MNU ge deputy vice chancellor Shaheen magaamun vaki koffi
image
ޝާހީން---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޝާހީން މަގާމުން ވަކިކޮށްފި

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ޑެޕިއުޓީ ވައިސް ޗާންސެލާސްގެ މަގާމުގާއި ތިއްބެވި އައިޝަތު ޝާހީން އާއި މުއާވިޔަތު މުހައްމަދު މަގާމުން ވަކިކޮށްފިއެެވެ.
އެބޭފުޅުންނަށް އެކަން އަންގާފައިވަނީ މިއަދު ހެނދުނު ވަގުތެއްގައި މެނޭޖުމެންޓުން ބޭއްވި ބައްދަލުވުމެއްގައި ކަމަށް މުއާވިއްޔަތު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރަސްމީކޮށް އަދި އެކަން ނާންގާ ކަމަށް ވެސް މުއަވިޒު ވަނީ ވިދާޅުވެފައެވެ.

އެދެބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ އެމްއެންޔޫގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުނެ ގެނައި އިސްލާހު ތަސްދީގު ކޮށްފައިވަނިކޮށެވެ. އާ އިސްލާހާއެކު އެ މަގާމަކީ އެމްއެންޔޫގެ ކައުންސިލްއިން އިންތިހާބުކޮށްގެން ހަމަ ޖައްސަން ޖެހޭ މަގާމެކެވެ.
އެމްއެންޔޫ
ހިޔާލު