Yameen ge maruge mahsalagai hekinnah nufoozu foaruva: Dhaulaiyy
image
ޔާމީންގެ މަރުގެ މައްސަލާގައި ހެކިންނަށް ނުފޫޒު ފޯރުވާ: ދައުލަތް
ސީއެންއެމް
0 ކޮމެންޓް
 

ޔާމީންގެ މަރުގެ މައްސަލާގައި ހެކިންނަށް ނުފޫޒު ފޯރުވާ: ދައުލަތް

މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ސިއްރު ހެކިވެރިންނަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް ދައުލަތުން މިއަދު ބުނެފިއެވެ.
ޔާމީންގެ މަރުގެ މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ދެ ފުލުހެއްގެ ހެކިބަސް ނެގުމަށް ހަމަޖެހުނެވެ. ނަމަވެސް ދެ ފުލުހުންގެ ހެކިބަސް މިއަދު ނަގާފައެއް ނުވެއެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ މިމައްސަލާގައި ހެކިން ހާޒިރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމުގައެވެ. އަދި މައްސަލާގައި ސިއްރު ހެކިންނަށްވެސް ނުފޫޒުތައް ފޯރުވަމުން ދާކަމަށް ވަކީލް ވިދާޅުވިއެވެ.

ދައުލަތުން މިހެން ބުނީ މިމައްސަލާގައި ހެކިންގެ މައުލޫމާތު ދުރާލާ ނޭންގޭކަމަށް ބުނެ ދައުލާލިބޭ މީހުންގެ ވަކީލުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރުމުންނެވެ.

އެކަންބޮޑުވުމާއި އެކު ދައުލަތުން ބުނީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ސަބަބުން އެކިން ކޯޓަށް ހާޒިރު ކުރުމަށްވެސް ހުރަސްތަކެއް ހުރި ކަމުގައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ދައުލަތުން ނުދެއެވެ.

ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރު އެޕްރީލް މަހު 23 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން ވަނީ އުފުލާފަ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
ހިޔާލު