Airport ge security kulliakah varugadha koffi
image
އެއާޕޯޓްގެ ސެކިއުރިޓީ ކުއްލިއަކަށް ވަރުގަދަ ކޮށްފި
ސީއެންއެމް
0 ކޮމެންޓް
 

އެއާޕޯޓްގެ ސެކިއުރިޓީ ކުއްލިއަކަށް ވަރުގަދަ ކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ މިރޭ ކުއްލި ގޮތަކަށް ވަރުގަދަ ކޮށްފިއެވެ.
އެއާޕޯޓަށް ދަތުރުކުރި ބައެއް މީހުން މިރޭ ބުނީ އެއާޕޯޓަށް ވަންނަމުންދާ ވެހިކަލްތައް ފުލުހުން ޗެކްކުރަމުން ގެންދާ ކަމުގައެވެ. އެއާޕޯޓްގައި މަސައްކަތްކުރާ ބައެއް މީހުންވެސްވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

އެއާޕޯޓަށް ވަންނަ ވެހިކަލްތައް ޗެކް ކުރަމުން ގެންދަނީ އެސްއޯ ފުލުހުންނެވެ. އެސަރަހައްދުގައި އެއްވެސް ވަރަކަށް ސިފައިން ހަރަކާތްތެރިވަމުން ނުގެންދެއެވެ.

ނަމަވެސް އެއާޕޯޓަކީ ސިފައިން ސަލާމަތީ ކަންކަން ބަލަތައްޓާ ތަނަކަށްވާތީ އެއާޕޯޓްގައި އާއްމު އުސޫލުގެ މަތިން ސިފައިންދަނީ ހަރަކާތްތެރިވަމުންނެވެ.

އެއާޕޯޓްގައި އެއްޗެއް ގޮއްވާލާނެކަމުގެ އިންޒާރު ލިބިފައިވާތީ އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުން ދިޔަ ނަމަވެސް ފުލުހުން މިރޭ ބުނީ އެއާޕޯޓްގައި މިރޭ ސެކިއުރިޓީ ވަރުގަދަކުރީ ސަލާމަރީ ބާރުތަކުން ހެދި ސެކިއުރިޓީ އެއައިންމަންޓަކާއި ގުޅިގެން ކަމުގައެވެ. އަދި އެއީ ވަކި ހާއްސަ އިންޒާރަކާއި ގުޅިގެން ކުރިއަށް ގެންދިޔަހަރަކާތެއް ނޫންކަމަށްވެސް ފުލުހުން ބުނެއެވެ.

އަނެއްކޮޅު ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވާގޮތުން އެއާޕޯޓް މިރޭވެސް އޮޕަރޭޓް ކުރަމުން ގެންދަނީ ހަމަ އާއްމު އުސޫލުންނެވެ.
ހިޔާލު