Row house ehge ceiling halaaku kohgen vadhe, vagah negi saamaanu thah hoadhaifi
image
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން-- ފޮޓޯ؛ ކުޅުދުއްފުށީ ލައިވް
1 ކޮމެންޓް
 

ރޯހައުސެއްގެ ސީލިންގު ހަލާކުކޮށްގެން ވަދެ، ވަގަށް ނެގި ސާމާނުތަކެއް ފުލުހުން ހޯދައިފި

ހދ. ކުޅުދުއްފުށީ މާފަލު ހިޔާ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ރޯ ހައުސްތަކުގެ ތެރެއިން ރޯ ހައުސްއެއްގެ ޓިނުތައް ނަގައި ސީލިންގު ހަލާކުކޮށްލައިގެން ވަދެ އެތަނުން ވަގަށް ނެގި އަގު ބޮޑެތި ސާމާނުތައް ފުލުހުން ހޯދައި ވެރިފަރާތާ ހަވާލުކޮށްފި އެވެ.
އެ ރޯހައުސްތަކުގައި އަދި މީހުން ދިރިއުޅެން ފަށާފައި ނުވާއިރު އެތަނުން ވަގަށް ނަގާފައިވަނީ އެ ރޯ ހައުސް ލިބުނު މީހާ އެތަނުގައި ބަހައްޓާފައި ހުރި ތިން އެއާކޯނާއި އޮޓޯ މެޝިނަކާއި ސޯފާއެއްގެ އިތުރުން ގޭސް އުނދުނެކެވެ.

ކުޅުދުއްފުށީގައި ހިންގަމުން އަންނަ ކުޅުދުއްފުށީ އޮންލައިނުގައި ބުނާ ގޮތުގައި ވަގަށް ނެގި ސާމާނު ވިއްކަން އުޅޭ ކަމުގެ މައުލޫމާތު މިމަހުގެ ހަ ވަނަ ދުވަހު ފުލުހުންނަށް ލިބިފައިވާއިރު ފުލުހުން މިހާރު ވަނީ އެ ސާމާނު ހޯދާފަ އެވެ. އެގޮތުން އެތަކެތި ހޯދިއިރު ދޮންނަ މެޝިން ބޭނުންކޮށްފައިވާ ކަމަށް ވެސް ވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ 26 އަހަރާއި 34 އަހަރުގެ ފިރިހެނެއްގެ އިތުރުން 28 އަހަރުގެ ދެ ފިރިހެނުންނެވެ.

މިއަހަރުގެ މިހާތަނަށް ވައްކަމުގެ 2759 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ހިޔާލު

ހެޔޮއެދޭ

ކުޅުދުއްފުށި ތިފެންވަރަށްދިޔައިމަ ކުރިއިޙުތިރާމާއި ޤަދަރު ވެއްޓިއްޖެ. ކުޅުދޫއްފުށީމީހުން މިހިސާބަށްދިޔަކަމެއް ނެދެނެހުރީމު. ވަރަށް ދެރަވެއްޖައިން.
ތިމީސްމީހުނަށް ކަލްމެން އަދަބުދީ!