4 building elhey agugai eh imaaraaiy elhumakee kameh kurun kamah nuvaane: Qasim
image
ގާސިމް އިބްރާހިމް-- ފޮޓޯ: ވީނިއުސް
2 ކޮމެންޓް
 

ހަތަރު ބިލްޑިން އެޅޭ އަގުގައި އެންމެ އިމާރާތެއް އެޅުމަކީ ކަމެއް ކުރުމަކަށް ނުވާނެ: ގާސިމް

އައިޖީއެމްއެޗާއި އިންވެގެން ތަރައްގީކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލު ތަރައްގީކޮށްފައި ވަނީ އޭގެ ހަތަރު ބިލްޑިން އިމާރާތް ކުރެވޭނެ އަގުގައި ކަމަށާއި އެހެންކަމުން އެއީ ކަމެއް ކުރުން ކަމަށް ނުބުލެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުން ހޭދަކޮށްގެން މިހާތަނަށް ރާއްޖޭގައި އިމާރާތް ކުރެވުނު އެންމެ އަގު ބޮޑު ހޮސްޕިޓަލެވެ. އެގޮތުން 142 މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓް ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ ބިޑަކާ ނުލަ އެވެ.

އެގޮތަށް އެ މަސައްކަތް ހަވާލުކުރުމާއެކު އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ވެސް ވަނީ ރައީސް ޔާމީނުގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.

ބ. އަތޮޅުން ޖޭޕީއާ ގުޅުނު 65 މީހެއްގެ ފޯމު ރަސްމީކޮށް ހަވާލު ކުރުމަށް ރޭ ޖޭޕީ އޮފީހުގައި ބޭއްވި ޖަލްސާގައި ގާސިމް ވެސް ވަނީ އެ އަގުގައި 25 ބުރީގެ އިމާރާތެއް ތަރައްގީކޮށްފައި ވާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 25 ބުރީގެ އެންމެ އިމާރާތެއް އޭގެ ހަތަރު އިމާރާތް އެޅޭނެ ފައިސާއިން އެޅުމަކީ ކަމެއް ކުރުން ކަމަށް ނުބެލޭވެނެ ކަމަށް ގާސިމް ފާހަގަކުރެއްވި އެވެ.

އިމާރާތުގެ އަގު ދިރާސާ ކުރި ބައެއް މީހުން ބުނާ ގޮތުގައި އެފަދަ އިމާރާތެއް 40 މިލިއަން ޑޮލަރަށް އިމާރާތް ކުރެވޭނެ އެވެ.

އެހާ ބޮޑު އަގެއްގައި ތަރައްގީ ކުރި އެ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ ހޮސްޕިޓަލެއް ކަމަށް ރައީސް ޔާމީނާއި އެމަނިކުފާނަށް ތާއިދު ކުރައްވަމުން އަންނަ ފަރާތްތަކުން ބުނެ އެވެ.

އެ ހޮސްޕިޓަލުގައި ބޭނުން ކުރަން ގެނައި މެޝިންތައް ވެސް އެތަނުގެ ތެރެއަށް ނުވެއްދި އަލުން އާ މެޝިންތައް ގެންނަން ޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ.

އޭގެ އިތުރުން ރޭޑިއޭޝަން ލީކުވާތީ، ހޮސްޕިޓަލުގެ ތިން ފްލޯ ޖެހެނީ މުޅިން މަރާމާތު ކުރާށެވެ. އައިޖީއެމްއެޗުން އެންމެ ފަހުން ބުނީ އެތަނުގެ ގިނަ މަރާމާތުގެ މަސައްކަތްތަކެއް އަދިވެސް ކުރިއަށްދާ ކަމަށެވެ.
ހިޔާލު

ނަރީ

ދެން ގާސިމް އަޅަންވީނުން މިސަރުކާރުން ތިވަރުގެ އަދި އެއްބިލްޑިންގ އެއަށްވުރެ ކުޑަ އަގެއްގައި

ބޮލުރޮދި

ސަމާލުކަން ގެއްލި މީހާ އޮފް ކެނދިގެން ދާތީ މޮޅު އެއްޗެއް ބުނެލީ ސޭޓުވެސް