Cruise Terminal ge badhaluga alhanee public faahaanaa thakeh
image
މަސްވެރިންގެ ޕާކު-- ފޮޓޯ: ޕީއެސްއެމް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ކްރޫޒު ޓާމިނަލުގެ ބަދަލުގައި އަޅަނީ ޕަބްލިކް ފާހާނާތަކެއް

މާލޭ މަސްވެރިންގެ ޕާކުގައި ކުރޫޒް ޓާމިނަލްގެ ބަދަލުގައި ޕަބްލިކް ފާހަނަތަކެއް އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ
މަސްވެރިންގެ ޕާކުގައި ކުރޫޒް ޓާމިނަލް ބިލްޑިން އެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިއުލާނު ބާތިލްކޮށް މާލޭ މަސްވެރިންގެ ޕާކުގައި ރެސްޓް ރޫމެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަމުންދާ ކަމަށެވެ.

އެގޮތުން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝައުގުވެރިވާ އެންމެންނަށް ހުޅުވާފައި ވާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފަ އެވެ.

އެ އިއުލާނުގައި ބުނާ ގޮތުގައި ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. އެގޮތުން ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500 ރުފިޔާ އެވެ.

ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 22 އޮގަސްޓް 2019 އިން 26 އޮގަސްޓް 2019 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަށް އެމްޑަބްލިޔުއެސްސީ (ކަސްޓަމަ ސާވިސް ބިލްޑިން، އަމީނީމަގު) އިންނެވެ.

ބީލަން ފޮތް ދޫކުރުން އޮންނާނީ 28 އޮގަސްޓް 2019 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގެ ފަސް ވަނަ ފަންގިފިލާ އިންނެވެ.

ދަތުރުވެރިންނާއި ކްރޫޒް ލައިނާތަކުން ރާއްޖެ އައިސް ވިޔަފާރި ކުރުމަށް މާލެ ފައިބާ މީހުން ބޭނުން ކުރުމަށް އެކަށީގެންވާ އާއްމު ފާހާނާތައް ނެތް މައްސަލައަކީ އެމީހުން އާންމުކޮށް ކުރަމުން އަންނަ ޝަކުވާއެކެވެ.
ހިޔާލު