Kapil Sharma ge anhenun inee balive
image
ކަޕިލް އާއި އޭނާގެ އަންހެނުން--
0 ކޮމެންޓް
 

ކަޕިލް ޝަރްމާގެ އަންހެނުން އިނީ ބަލިވެ

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރްމާގެ އާއި ގިންނީ ޗަޓްރަތާ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ކައިވެނި ކޮށްފައިވާއިރު ގިންނީ އިނީ އެމީހުންގެ ފުރަތަމަ ދަރިއަށް ބަލިވެއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ކަޕިލް މީޑިއާތަކަށް އެކަން ކަށަވަރުކޮށްދީފައިވާއިރު މިހާރު މިވަނީ ގިންނީ ބަނޑުބޮޑު ހުރި ފޮޓޯތައް ވެސް އާންމުވެފައެވެ.

ކުރިން ކަޕިލް ބުނި ގޮތުގައި އެމީހުންނަށް ލިބެނީ ކޮން ކަހަލަ ދަރިއެއްކަން ވެސް ނުބަލައެވެ. އަންހެން ނުވަތަ ފިރިހެން ކުއްޖަކު ލިބުނަސް އެންމެ ރަނގަޅު ކަމަށާއި މިހާރު އާއިލާއިން ދަނީ އެކުއްޖާއަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން ކަމަށް ކަޕިލް ބުނެއެވެ.

ޖަލަންދަރުގައި ކުރި ކައިވެނީގައި ސަޕޯޓަރުން ބައިވެރިކުރުމުގެ ގޮތުން ކަޕިލް ވަނީ އޭނާގެ ކައިވެނި ވަގުތުން ދައްކާފައެވެ.

"ކޮމެޑީ ކިންގް" ގެ ނަމުން މަޝްހޫރު ކަޕިލްއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން އެވެ. ކަޕިލް ވަނީ ތަފާތު ނަން ނަމުގައި ކޮމެޑީ ޝޯތައް ކުރިއަށް ގެންގޮސްފައެވެ.
ހިޔާލު