Azmiralda aai Sujoon ge nan JSC in balaigenfi
image
ސީއެންއެމް
5 ކޮމެންޓް
 

އަޒްމިރަލްދާ އާއި ސުޖޫންގެ ނަން ޖޭއެސްސީން ބަލައިގެންފި

ސުޕްރީމް ކޯޓުގެ ފަނޑިޔާކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވި ހުށަހެޅުން ބަލައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމީ މި ދެބޭފުޅުން ސުޕްރީމްކޯޓްގެ ފަނޑިޔާރިކަމަށް އައްޔަން ކުރުމަށް ލަފަޔަކަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އެކޮމިޝަނުގެ ފަފައަކަށް އެދުމުނުންވެ. ޖޭއެސްސީން މިގޮތަށް ނިންމީ އެކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައެވެ.

މިއީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައްޔަން ކުރުމަށް ދެ އަންހެން ބޭފުޅެއްގެ ނަން، ރާއްޖޭގައި ނޮމިނޭޓް ކުރެވުނު ފުރަތަމަ ފަހަރެވެ.

އަޒްމިރަލްދާއާއި ސުޖޫންގެ ނަން ބަލައިގަތުމަށް ޖޭއެސްސީން ނިންމި ނަމަވެސް އެމަގާމަށް ކުރިމަތިލުމަށް އިތުރު ބޭފުޅުން ބޭނުންފުޅުވާނަމަ އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލުމަށްވެސް ޖޭއެސްސީން މިއަދުވަނީ ނިންމާފައެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ މެމްދުރު 12:00 އާއި ހަމައަށް އެކަމަށް އެދި ހުށަހެޅުމަށް ޖޭއެސްސީން މިއަދު ވަނީ ނިންމާފައެވެ.

ޖޭއެސްސީން ބުނީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް އެދޭ ބޭފުޅުން އެކަމަށް ބޭނުންވާ ލިއެކިއުންތައް ހުށަހެޅުމަށް މާދަމާވެސް މެމްދުރުފަހު 14:00 އިން 16:00 އަށް ޖޭއެސްސީ ހުޅުވިފައި ހުންނާނެ ކަމުގައެވެ.

ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ނޮމިނޭޓްކޮށް ރައީސް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ޑރ. އަޒްމިރަލްދާ އަކީ މިހާތަނަށް ރާއްޖޭގެ ހައި ކޯޓުގައި ފަނޑިޔާރު ކަން ކުރެއްވި ހަމައެކަނި އަންހެން ފަނޑިޔާރެވެ. އަދި ޕީއެޗްޑީ ހައްދަވައިގެން ރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި ދެ ބޭފުޅުންގެ ތެރޭގައި ވެސް ޑރ. އަޒްމިރަލްދާ ހިމެނެ އެވެ. އަޒްމިރަލްދާގެ އިތުރުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ފަނޑިޔާރަކީ މިހާރުގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޝުޖޫން އަކީ ރާއްޖޭގައި އައްޔަން ކުރެވުނު ފުރަތަމަ އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ. އަދި އޭނާ އަކީ މިހާރު ދާދިފަހުން އިންތިހާބު ކުރެވުނު ބާ ކައުންސިލްގެ މެމްބަރެކެވެ.

ޑރ. އަޒްމިރަލްދާ އާއި ޝުޖޫން އަކީ ކުރިން އަމިއްލަ އަށް މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރުންނެވެ. އެގޮތުން ޑރ. އަޒްމިރަލްދާ ހައިކޯތުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2016ގަ އެވެ. އަދި ސިވިލް ކޯޓުގެ ގާޒީ ކަމުން ޝުޖޫން އިސްތިއުފާ ދެއްވީ 2015ގަ އެވެ.

ގާނޫނު އަސާސީގައި އޮންނަ ގޮތުން ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ، ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ، މަޖިލީހަށް ފޮނުއްވާ ނަންތައް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

އަޒްމިރަލްދާއާއި ސުޖޫން ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ލަފަޔަކަށް އެދި ރައީސް ފޮނުވިފަހުން އިސްލާމީ ފަތުވާދޭ މަޖިލީހުންގެ ރައުޔެއް މިހާރުވަނީ އާއްމު ވެފައެވެ. އެނިންމުމަކީ އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫންކަމަށް ކަނޑއަޅާފައުވާ ނިންމުމެކެވެ.

މި ފަތުވާއަކީ މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ނެރެފައިވާ ފަތުވާއެކެވެ. މި ފަތުވާ މިހާތަނަށް އާއްމުވެފައި ނުވި ނަމަވެސް ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ހައިކޯޓްގެ ކުރީގެ ފަނޑިޔާރު ޑރ އަޒްމިރަލްޑާ ޒާހިރު އަދި ސިވިލް ކޯޓްގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް ސޯލިހު އިއްޔެ އެދިވަޑައިގެންނެވު ހަބަރާއިއެކު މި ފަތުވާ މިހާރުވަނީ އާއްމު ވެފައެވެ.

ފަތުވާ މަޖިލީހުގެ ނިންމުމުން ނިންމާފައިވަނީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ އިޖުމާއުއާއި ބަސްފުޅުތަކުގެ އަލީގައި އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އޮންނަ ގޮތް ހޯދުމަށް ދިރާސާއެއް ކޮށްފައިވާ ކަމަށެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އިސްލާމީ ޝަރީއަތުގައި ތިން ރައުޔެއް އައިސްފައިވާއިރު އެ ތިން ރައުޔުވެސް ފަތުވާގައި ހިމަނާފައި ވެއެވެ. އަދި ތަފުވާ މަޖިލީހުގެ ނިންމުމުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ދުއްދަ ނޫންކަމަށް ކަނޑައަޅާފައިވަނީ އޭގެތެރެއިން އެންމެ ދަލީލުގެ ގޮތުން އެންމެ ބާރުގަދަ ރައުޔު ކަމުގައިވާ ފުރަތަމަ ރައުޔަށް ބުރަވެއެވެ.

1. ފުރަތަމަ ރައުޔު

ފުރަތަމަ ރައުޔަކީ ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބުގެ ގިނަ އިލްމުވެރިންނާއި، ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީޢާއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި، ޚަވާރިޖުންގެ ތެރޭގައި ހިމެނީ އިބާޟީންގެ ރައުޔެވެ.

އެ ރައުޔުގެ ހުލާސާގައި މުދަލާއި ގުޅޭ ކަމަކަށް ވިޔަސް، ނުވަތަ ގިސާސާއި ހައްދުތަކާ ގުޅުންހުރި ކަމެއްގައި ވިޔަސް، ނުވަތަ އެނޫން މައްސަލައެއްގައި ވިޔަސް އެ މައްސަލަތައް ބަލައި ހުކުމްކުރުމަށް، އަންހެނަކާ ހަވާލު ކުރުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް ބުނެފައިވާ ކަމަށް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ.

އެ ނިންމުމުގައި ބުނެފައި ވަނީ ގަޟިއްޔާއެއް ނިންމުމަށް އަންހެނަކާ ހަވާލުކުރާ މީހާވެސް އަދި ހަވާލުކުރެވުނު މީހާވެސް ފާފަވެރިވާނެ ކަމަށާއި، އެ ހުކުމަކީ ހައްގަށް ވާސިލްވި ކަމުގައިވާނަމަވެސް ތަންފީޒު ކުރެވޭނެ ހުކުމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ހަތަރު ހަލީފާއިން ވެސް ފަނޑިޔާރުކަމަށް އެއްވެސް އަންހެނަކު އިސްކުރައްވާފައި ނުވާކަމަށް އެ ރައުޔުގައިވެއެވެ.

2. ދެވަނަ ރައުޔު

ދެވަނަ ރައުޔުގައި ބުނެފައި ވަނީ އިސްލާމްދީނުގައި ކަނޑައަޅައިފައިވާ ހައްދުތަކާއި، ގިސާސް ހިފުމުގެ ގަޟިއްޔާތައް ފިޔަވައި އެހެން ހުރިހާ (މާލީ މައްސަލަތަކާއި، އަންހެނުން އާދަކޮށް ދެކެއުޅޭ މައްސަލަތަކާއި އެނޫނަސް އެފަދަ) މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށެވެ. އެއީ ހަނަފީ މަޒުހަބުގެ މަދު އިލްމުވެރިންގެ ރަޢުޔެކެވެ.

3. ތިންވަނަ ރައުޔު

ތިންވަނަ ރައުޔުގައި ބުނެފައި ވަނީ އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށެވެ. މިއީ އަލްއިމާމުއްތަބަރީގެ ރައުޔެކެވެ. މި ރައުޔަށް ތާއީދު ކުރާ އެއްވެސް ދަލީލެއް ނެތް ކަމަށާއި، އަދި އެއީ އިމާމުއްތަބަރީގެ ރަޢުޔެއް ކަން އެނގޭ އެއްވެސް ލިޔުމެއް ނެތް ކަމަށް ވެސް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ. އަދި އިމާމުއްތަބަރީއަކީ ތަފްސީރާއި ތާރީހުގެ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ އިލްމުވެރިއަކަށް ވާއިރު، އެއިން އެއްވެސް ފޮތެއްގައި މި ރަޢުޔުގެ ވާހަކަ އައިސްފައި ނުވާ ކަމަށެވެ.

މި ތިން ރައުުގެ އޭގެތެރެއިން އެންމެ ހަރުދަނާ ރައުޔަކީ ފުރަތަމަ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ނިންމާފައިވަނީ އެ ރައުޔުގެ ދަލީލުތަކާއި ހުއްޖަތުތަކުގެ ވަރުގަދަކަމުންނެވެ. އަދި އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރަޢުޔަށް ވާތީކަމަށް ނިންމުމުގައި ވެއެވެ. އެީ ޖުމްހޫރު އިލްމުވެރިންގެ ރައުޔުވެސް މެއެވެ.

ފަތުވާ މަޖިލީހުން ނިންމާފައި ވަނީ އަނެއް ދެ ރަޢުޔަކީ ދަލީލުގެ ގޮތުން ބަލިކަށި ބުރަދަނެއް ނެތް ދެ ރަޢުޔު ކަމަށެވެ.
ހިޔާލު

ކަކުނި

ލާދީނީ އެޗެހިންނަ ވެރިކަންދިނީމަ ވާގޮތް ފެނޭދޯ

ސސ

ދަށުކޯޓް ގައި އުޅުނު އިރު މިލިޔަނުން ހުށަހެޅުން އައި ކަމަށް ވިދާޅުވި ކަމަނާ މަތީ ކޯޓްގައި ބިލިޔަނުން ހުށަހެޅުން އަންނާނެތާ !

ސާލިހު ގޯތި ސާލިމް

ސަރުކާރުގެ ލާދީނީ ފެށުމެއް ... ހިތާމަހުރި...

ކިލޮ

ވަރަށް ތަފާތުދޯ ކެއްތެރިވޭ

ސސ

އެމްޑީޕީން މިރާއްޖޭގައި މަރުގެ ހުކުމާއި ހުދޫދު ތަންފީޒުކުރަން ހުރަސްއަޅާ މަތީ ކޯޓާއި މެދުގައި ޝައްކު އުފައްދާ ފަޑިޔާރުންނާއި ފަޑިޔާރު ގެޔާއި މެދުގައި ޝައްކު އުފައްދަން ޖޭއެސްސީއޭ ކިޔާ ސިޔާސީ އެމްޑީޕީ ޖަގަހައިން ކުރާކަމެއްތީ !