Vape kurumuge sababun meehaku maruvejje
image
ވޭޕެއް-- ފޮޓޯ: ޝަޓަ ސްޓޮކް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ވޭޕް ކުރުމުގެ ސަބަބުން އެމެރިކާގައި "އަލަށް" މީހަކު މަރުވެއްޖެ

ވޭޕްގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހުނު ބައްޔެއްގައި ފުރަތަމަ ފަހަރަށް، އެމެރިކާގެ ރައްޔިތަކު މަރުވެއްޖެއެވެ.
ވޭޕް ކުރުމުގެ ސަބަބުން މަރުވެފައިވަނީ އެމެރިކާގެ އިލިނޮއިސް ސްޓޭޓްގެ މީހެކެވެ. އިލިނޮއިސް ހެލްތެ އެޖެންސީން ބުނި ގޮތުގައި މަރުވެފައިވަނީ އުމުރުން 17 އަހަރާއި 38 އަހަރާއި ދެމެދުގެ މީހެކެވެ.

ވޭޕް ކުރުމުގެ ސަބަބުން މީހަކު މަރުވެފައިވާ އިރު ފަހަކަށް އައިސް އެމެރިކާގެ ގިނަ އަދަދެއްގެ މީހުން ދަނީ ފުއްޕާމެޔަށް ޖެހޭ ބަލިތަކުގެ ޝިކާރަޔަކަށް ވަމުންނެވެ. ސިއްހީ މާހިރުން ވަނީ އެކަމަކީ އީ ސިގިރޭޓްތަކާއި ގުޅުން ހުރި ކަމެއް ކަމުގައި ބުނެފައެވެ.

އެމެރިކާގެ ސެންޓަ ފޯ ޑިޒީޒަސް ކޮންޓްރޯލް (ސީޑީސީ) އިން ބުނި ގޮތުގައި ވޭޕްކުރުމުގެ ސަބަބުން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ވަނީ ސިއްހީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ.

ސީޑީސީގެ ޑިރެކްޓަރު ރޮބާޓް ރެޑްފީލްޑް ވިދާޅުވީ ވޭޕްކުރުމުގެ ފުރަތަމަ މަރުން ވެސް އީ ސިގެރޭޓްގެ ސަބަބުން ސިއްހަތަށް ކުރާ ގެއްލުމުގެ ސީރިއަސްކަން ހާމަވެގެންދާ ކަމަށެވެ.

"ވޭޕްކުރާ މީހުންގެ ހަށިގަނޑު އެ ހުށަހެޅިގަން ދަނީ ވަރަށް ނުރައްކާތެރި މާއްދާތަކަކަށް. މި މާއްދާތަކުގެ މައުލޫމާތު އާންމު ގޮތެއްގައި އެބޭނުންކުރާ މީހުންނަކަށް ލިބިފައެއް ނުހުރޭ. އޭގެ ތެރޭގައި ރަހަލައްވާ މާއްދާތައް، ނިކޮޓިން، ކެނެބިނޮއިޑްސް އަދި ސޮލްވެންޓް ހިމެނޭ،" ރެޑްފީލްޑް ވިދާޅުވި އެވެ.

ރެޑްފީލްޑް ވިދާޅުވީ ވޭޕްގެ އުފެއްދުންތަކަކީ ކުޑަކުދިންނާއި މާބަނޑު މީހުންގެ އިތުރުން ޒުވާނުންނާއި އާންމުކޮށް ދުންފަތުގެ އިސްތިއުމާލްކުރާ މީހުންނަށް ވެސް ރައްކާތެރި އެއްޗެއް ނޫން ކަމަށެވެ.

ސީޑީސީން މިހަފްތާގެ ބުދަ ދުވަހު ބުނެފައިވަނީ ވޭޕްގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވެގެން 16 ސްޓޭޓަކުން 153 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް ދެދުވަސް ފަހުން އެ އަދަދު ވަނީ 22 ސްޓޭޓްއަކުން 193 މީހުންނަށް ބަދަލުވެފައެވެ. އޭގެ ތެރެއިން 22 މީހެއް ނިސްބަތްވަނީ އިލިނޮއިސްއަށެވެ.

ރިޕޯޓްކުރި މީހުންގެ ކިބައިން ކެއްސުމާއި، ނޭވާކުރުވުން އަދި ހޭނެތުމުގެ އަލާމާތްތައް ފެނިފައިވާ ކަމަށް ސީޑީސީން ބުނެއެވެ. އަދި ބައެއް މީހުން ހޮޑުލާ ބޭރަށް ހިންގާ ކަމަށް ވެސް އެފަރާތުން ބުނެއެވެ.
ހިޔާލު