6 masvumun ithuru kaanaage gothugai fashanvy konbaavaatheh?
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ހަ މަސްވުމުން އިތުރު ކާނާގެ ގޮތުގައި ފަށަންވީ ކޮން ބާވަތެއް؟

ތުއްތު ދަރިފުޅަށް ހަ މަސް ވުމާއެކު ގާތުން ކިރުދިނުމާއެކު ކާނާގެ އެހެން ބާވަތްތައް ވެސް ދަރިފުޅަށް ދޭން ޖެހެއެވެ.
ގާތުން ކިރުދިނުމާއެކު އިތުރު ކާނާ ދޭން ފެށުމަކީ ދަރިފުޅު ފުރިހަމަ ކަމާއެކު ހެދިބޮޑުވުމަށް އެހީވެދޭ އަދި ސިކުނޑި ތަރައްޤީ ކޮށްދޭނެ ކަމެކެވެ.

އިތުރު ކާނާ ދޭން ފަށާއިރު ބާވަތެއް ތައާރަފްކޮށް ދެ ތިން ދުވަސްވުމުން އެހެން ބާވަތެއް ދިނުމުން ދަރިފުޅު ވަކި ބާވަތެއްގެ ކާނާއަށް އެލާޖިކް ވާނަމަ އެ އެއްޗެއް ދެނެގަތުމަށް ފަސޭހަވާނެ އެވެ.

ތަފާތު ރަހަތަކަށް ދަރިފުޅު ހޭނެން ފެށުމުން ހަމަ އެކަނި މޭވާ ނުވަތަ ތަރުކާރީ ދިނުމުގެ ބަދަލުގައި ހެދިބޮޑުވުމަށް ބޭނުންވާނެ ހުރިހާ މާއްދާތަކެއް ލިބިދިނުމަށްޓަކައި ތަފާތު ގިނަ ބާވަތްތަކުގެ ކާނާ ދަރިފުޅަށް ދިނުމަކީ މުހިންމު ކަމެކެވެ. އެއީ ގޮވާމާއި އެކި ކުލަކުލައިގެ މޭވާ އާއި ތަރުކާރީ، އަދި ކާނާގެ އެކި ބާވަތްތަކުން ހަށިގަނޑަށް ލިއްބައިދޭ މާއްދާތައް ތަފާތުވާނެތީ އެވެ.

ފުރަތަމަ ދުވަސްވަރުގައި ވެސް ދަގަނޑުގެ މާއްދާ ލިއްބައިދޭ ކާނާ ހިމެނުން ރަނގަޅެވެ. ދަޅުގައި ބަންދު ކުރެވިފައި ހުންނަ މަސް އަދި ސޮސެޖް ފަދަ ތަކެތި ނުދެއްވުމަށް ސަމާލުކަން ދޭންޖެހޭނެ އެވެ.

ތުއްތު ކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި ހުންނަ ދަޅުގައި ބަންދުކުރި ތައްޔާރީ ކާނާއަށްވުރެ ގޭގައި ތައްޔާރުކުރާ ކާނާގެ ފައިދާ މާބޮޑެވެ.
ކުޑަކުދިން ސިއްހަތު
ހިޔާލު