Marjaavaan gai Riteish fenigendhanee varah thafaathukoh
image
ރިތޭޝް---
ފައުޒާ މުޙައްމަދު
0 ކޮމެންޓް
 

"މަރްޖާވާން" ގައި ރިތޭޝް ފެނިގެންދަނީ ވަރަށް ތަފާތުކޮށް

"މަރްޖާވާން" ގައި ރިތޭޝް ދޭޝްމުކް ފެނިގެން ދަނީ ވަރަށް ތަފާތުކޮށެވެ.
"މަރްޖާވާން"ގެ ކާސްޓުން ފެނިގެންދާ ގޮތް އިއްޔެ ދައްކާލާފައިވާއިރު އެ ޕޯސްޓަރުތަކުން ރިތޭޝްގެ އިތުރުން ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ސިދާތު މަލްހޯތުރާ ވެސް ފެނިގެން ދިޔައެވެ. ނަމަވެސް އެޕޯސްޓަރުތަކުން ވެސް ގިނަ ބައެއްގެ ލޯތައް އަމާޒުވީ ރިތޭޝް އަށެވެ.




ފިލްމުގައި އޭނާ ފެނިގެންދަނީ ޑުވާފް (ކުރު މީހެއް)ގެ ރޯލުންނެވެ. އަދި އޭނާ އަށް ފިލްމުގައި ކިޔަނީ ތީން ފޫޓް އެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ރިތޭޝް ފެނިގެންދާނީ ނެގަޓިވް ރޯލަކުންނެވެ.

މިލިޕް މިލަން ޒަވޭރީ ޑައިރެކްޓުކުރާ އެފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ. ސިދާތާއެކު ލީޑު ރޯލުން ފެނިގެންދާނީ ތާރާ ސުތަރިއާ އެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ހިޔާލު