2020 aharuge Central zone vollyball Anhen championsip raajje gai
image
އަންހެން ވޮލީޓީމު-- ފޮޓޯ: އިމޭޖަސް އެމްވީ
މިއުނާ ހަސަން
0 ކޮމެންޓް
 

އަންނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯލް އަންހެން ޗެމްޕއިަންޝިޕް ރާއްޖޭގައި!

އޭވީސީ ސެންޓަރަލް ވޮލީބޯޅަ މުބާރާތް 2020 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހުށަހެޅި ބިޑު ކާމިޔާބުވެއްޖެ އެވެ.
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ވުމަންސް ޗެމްޕިއަންޝިޕްގެ ބިޑް ރާއްޖެއިން ކާމިޔާބުކުރިކަން ހާމަކުރެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފެވެ.

މި މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނުކަން އިއުލާންކުރީ ހުކުރު ދުވަހު ކުރިޔަށް ދިޔަ އޭވީސީ އާންމު ޖަލްސާގައެވެ.

ނޭޕާލުގައި ކުރިއަށްދިޔަ ޖަލްސާގައި ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވީ އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަދި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ އަހުމަދު އިބްރާހިމެވެ.

ރާއްޖޭގައި މިހާތަނަށް ބައިނަލްއަގުވާމީ ވޮލީ ދެ މުބާރާތް ވަނީ ބާއްވާފަ އެވެ. އެއީ 2017 ވަނަ އަހަރު ކުރިޔަށް ދިޔަ ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރާއި ސީނިއާ މެންސް ސެޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕެވެ.

ސެންޓަރަލް ޒޯން ފިރިހެން ވޮލީބޯޅަ މުބަރާތް ބޭއްވުމަށް ވެސް ރާއްޖެއިން ބިޑު ކުރިއެވެ. އެހެން ނަމަވެސް އެ ބިޑް ކާމިޔާބުކޮށްފައި ވަނީ ބަންގްލަދޭޝް އިންނެވެ.

ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އަމާޒެކެވެ.

ރާއްޖެއިން ވަނީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭވުމުގެ ބިޑް ވެސް ކާމިޔާބުކޮށްފަ އެވެ.
ވޮލީ ބޯޅަ
ހިޔާލު