Tourist scoutun anna aharu masakkathah nikunnaane
image
ފަތުރުވެރިން ރާއްޖޭގައި-- ފޮޓޯ: ޔޫރޯ ޑައިވާސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ޓޫރިސްޓް ސްކައުޓުން އަންނަ އަހަރު މަސައްކަތަށް ނިކުންނާނެ

މިއަހަރުގެ ތެރޭގައި ޓޫރިސްޓް ސްކައުޓުން ތަމްރީނު ކުރުމުގެ މަސައްކަތް ނިމި އަންނަ އަހަރު ޖެނުއަރީ ފުރަތަމަ ދުވަހު އެމީހުންނަށް ވަޒީފާ އަށް ނިކުމެވޭވަރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިސްޓް ސްކައުޓް ޕްރޮގްރާމަކީ މިހުން ދިރިއުޅޭ ރަށްތަކުގައި މޫދަށް އެރުމާއި ސްނޯކްލިން ކުރުމާއި އަދި މިނޫންވެސް ކަންކަމުގައި ފަތުރުވެރިންނާއި އާންމު ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ފުރަތަމަ ފިޔަވަހީގައި މި ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވަނީ ހާދިސާއެއް ދިމާވެދާނެ ކަމަށް ބެލެވޭ ރަށްތަކުގައި ކަމަށެވެ.

އެ ރަށްތައް ކަނޑައަޅާފައިވަނީ 100 އެނދުން މަތީގެ ގެސްޓްހައުސް ހިންގާ ރަށްތަކާއި ހާދިސާތައް ގިނައިން ރިޕޯޓްކޮށްފައި ހުރި ރަށްތައް ބަލައިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ވޯޓާ ސޭފްޓީ ތަމްރީން ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފިޔަވަހީގައި މީހުން ދިރިއުޅޭ 19 ރަށަކަށް 50 ލައިފްގާޑުން ބަހައްޓާނެ އެވެ.

މި މަސައްކަތް ކައުންސިލްތަކާއެކު ގުޅިގެން ކުރިޔަށް ދިޔުމަށް ހަމަޖެހިފައި ވާއިރު އެ ރަށްތައް މެޕްކޮށް، މޫދަށް އެރޭ ސަރަހައްދާއި ސްނޯކްލިން ސަރަހައްދާއި އެކްސްޓްރީމް ވޯޓާ ސްޕޯޓްސް ކުޅޭ ސަރަހައްދުތައް ވަކިކޮށް އެ ހަރަކާތްތައް ހިނގޭނެ ސަރަހައްދުތައް ދިދަ ޖަހައިގެން ފާހަގަކުރާނެއެވެ.
ހިޔާލު