Addu gai tharahqee kuranvee Transport habeh: Ugail
image
ޕްރޮފެސާ އުގައިލް--
1 ކޮމެންޓް
 

އައްޑޫގައި ތަރައްގީކުރަންވީ ޓްރާންސްޕޯޓް ހަބެއް: އުގައިލް

އައްޑޫ ތަރައްގީ ކުރަންވީ ބައިނަލްއަގްވާމީ ޓްރާންސްޕޯޓް ހަބެއްގެ ގޮތުގައި ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ، ހިތަދޫއަށް އުފަން އުގައިލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ތަރައްގީ ކުރަންވީ ބައިނަލްއަގްވާމީ ޓްރާންސްޕޯޓް ހަބެއްގެ ގޮތުގައި ކަމަށާއި އެތަނުގެ ތަރައްގީ އަށް ބޮޑެތި ޕްރޮޖެކްޓްތަކަށް ވިސްނަވަމުން ގެންދަވާ ކަމަށެވެ.

އުގައިލް ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން އައްޑޫގެ ބޭނުން ހިފީ ވެސް އެގޮތަށް ކަން ފާހަގަކުރައްވާފައެވެ.

"އައްޑޫއަށް މިހާތަނަށް ކުރިއެރުމެއް އައިނަމަ އައިސްފައި ވަނީ އިނގިރޭސީންގެ ސަބަބުން،" އުގައިލް ވިދާޅުވިއެވެ.

އައްޑޫ ތަރައްގީ ކުރައްވަން ވިސްނަމުން ގެންދަވާ ކަމަށް އުގައިލް ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ހިއްސާއެއް ނުކުރައްވައެވެ.

އައްޑޫން އިނގިރޭސީން ފައިބައިގެން ދިޔައިރު އޭރު ރާއްޖޭގެ ރަށްރަށުން ނުފެންނަ ފަދަ ތަރައްގީ އެތަނުން ފެންނަން އޮތެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި ތަރައްގީ ކުރެވުނު އެއާޕޯޓު އިނގިރޭސީން ވަނީ އައްޑޫ ގަމުގައި ތަރައްގީ ކޮށްފައެެވެ.

"މޯލްޑިވްސް ނޭޝަނަލް ސްޕެޝަލް ޕްލޭން" ގެ ނަމުގައި ކުރިއަށްއޮތް 20 އަހަރަށް އަމާޒުކޮށްގެން ރާއްޖޭގެ ތަރައްގީގެ ޕްލޭން އެކުލަވަމުން އަންނަ އިރު ހަމައެކަނި މާލެ ސަރަހައްދު ތަރައްގީ ކުރުމުގެ ބަދަލުގައި ރާއްޖޭގެ ފަސް ސަރަހައްދެއް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ ވެސް ހިމެނެއެވެ.
ހިޔާލު

ކޮލެޖު ބޯއި

އައްޑޫ ސިޓީއެއް ނޫން. ލިސްޓުގައި އޮތީ ހިތަދޫ އެކަނި. އައްޑޫ ސިޓީއޭ ކިޔާފަ މަކަރަކުން ހިތަދޫ ތަރައްގީކުރަނީ