Highway divider thah concrete ah badhalukuran fashaifi
image
ހައިވޭގައި އެކްސިޑެންޓެއްވެ ޑިވައިޑަރު ފުނޑުުނޑުވެފައި--
0 ކޮމެންޓް
 

ހައިވޭ ޑިވައިޑާތައް ކޮންކްރީޓަށް ބަދަލުކުރަން ފަށައިފި

މާލެ އާއި ހުޅުމާލެ ހައިވޭގެ ލޭން ވަކި ކުރުމަށް ޖަހާފައިވާ ޑިވައިޑާތައް ކޮންކްރީޓަށް ބަދަލު ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ހައިވޭގައި ކޮންކްރީޓް ޑިވައިޑާތައް ބަހައްޓަން ފަށާފައިވަނީ ބުރިޖުން ފައިބެގެން ގޮސް ހައިވޭ އަށް އަރާ ކޮޅުގަ އެވެ. މިހާތަނަށް އެ ތަނުގައި އެއްވެސް ކަހަލަ ޑިވައިޑާއެއް ބަހައްޓާފައެއް ނުހުރެ އެވެ.

ޑިވައިޑާތައް މިހާރު ހުންނަނީ ހައިވޭގެ ހަތަރު ލޭނުން، ހުޅުލެއާވީ ކޮޅުގަ އެވެ. އެ ތަނުގައި ބަހައްޓާފައި ހުންނަ ޑިވައިޑާތަކުގެ ބޮޑު ބައެއް ވަނީ އެކްސިޑެންޓްތަކުގައި ހަލާކުވެފަ އެވެ. ބެލެވޭގޮތުގައި އެ ތަނުގައި މިހާރު ހުރި ޑިވައިޑާތައް ނެގުމަށް ފަހު، އެ ސަރަހައްދުގައި ވެސް ކޮންކްރީޓް ޑިވައިޑާތައް ބަހައްޓާނެ އެވެ.

ކޮންކްރީޓް ޑިވައިޑާތައް ހައިވޭގައި ބަހައްޓަނީ، އެ މަގު ބަލަހައްޓާ އެޗްޑީސީންނެވެ. އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، އެ ހައިވޭގައި ކޮންކްރީޓް ޑިވައިޑާތައް ބަހައްޓާ ނިމެން ހަފްތާއަކަށް ވުރެ ގިނަ ދުވަސް ނަގާނެ ކަމަށެވެ.
ސިނަމާލެ ބްރިޖް
ހިޔާލު