Commonwealth assessment team eh Raajje ah
image
ފޮރިން މިނިސްޓަރު ޝާހިދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލް ޕެޓްރީޝާ އާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
1 ކޮމެންޓް
 

ކޮމަންވެލްތު އެސެސްމަންޓް ޓީމެއް ރާއްޖެ އަށް

ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ދެ ވަނަ އެސެސްމަންޓް ޓީމް މިއަދު މެންދުރު ރާއްޖެ އަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮމަންވެލްތުގެ ޓީމެއް ރާއްޖެ އަށް ވަޑައިގެންފައި ވަނީ، ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމަށް ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދާފައިވަނިކޮށް ކަމަށެވެ.

ރާއްޖެ އަށް ވަޑައިގެންނެވި ކޮމަންވެލްތު ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރައްވަނީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވާނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއާ ޑިރެކްޓާ މިސް ކެޓަލައިނާ ސަޕްލޯ އެވެ. އަދި މި ދަތުރުގައި އެ ޓީމުން ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ޝަރުއީ ދާއިރާގެ ބައެއް ފަރާތްތަކާއިއެކު ބައްދަލުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ކޮމަންވެލްތުގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެ އަށް ވަޑައިގެންނެވީ އެޖަމާއަތުގެ މެމްބަރުކަން އަލުން ރާއްޖެ އަށް ދެއްވުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެދިވަޑައިގަތުމާއި ގުޅިގެން، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އޭގެ އިތުރުން އެޕްރީލް މަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް ކޮމަންވެލްތުގެ އޮބްޒާވާ ގްރޫޕެއް ރާއްޖެ އަށް ވަޑައިގެން، އިންތިހާބުގެ ކަންކަން ހިނގި ގޮތާއިމެދު ހިތްހަމަޖެހޭކަމަށް ވެސް އެ ޓީމުން ބުނެފައި ވެއެވެ. އަދި ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށް ރާއްޖޭން ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް މިދިޔަ ޖޫން މަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް އަރުވާފަ އެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖޭން އަނެއްކާ ވެސް ވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެޖަމާއަތުގެ މެމްބަރަކަށްވުމަށް އަލުން ހުށަހެޅުމަށް މިސަރުކާރު ވެރިކަމަށް އައި ފުރަތަމަ ހަފްތާގެ ތެރޭގައިވަނީ ނިންމަވައި، އެމަސައްކަތް ފެށިފަ އެވެ.
ހިޔާލު

ޞާލިޙް އަލް އިޞްލާޙް

އަހަރެމެން ތިތާ ބައިވެރި ކޮށްދޭށޭ ކިޔާ އާދޭހެއް ނުކުރަނ