Ukulhahugai hingi accident ehgai 3 aharuge kuda kujjakah aniyavejje
image
އުކުޅަސް---
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

އުކުޅަހުގައި ހިނގި އެކްސިޑެންޓެއްގައި ތިން އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ

އއ. އުކުޅަހުގައި ހިނގި އެކްސިޑެންޓެއްގައި ތިން އަހަރުގެ ކުއްޖަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނީ އުކުޅަހުގައި މަގުމަތިން ހިނގާފައި ދިޔަ ތިން އަހަރުގެ ކުއްޖެއްގެ ގައިގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެހި މިއަދު 17:15 ހާއިރު އެކްސިޑެންޓު ވެފައިވާކަމަށެވެ.

އެގޮތުން އަނިޔާވި ކުއްޖާއަށް ކަކުލުން ތަންކޮޅެއް ހަން ގޮސްފައި ހުރި ކަމަށާއި އެކުއްޖާއަށް އެރަށު ހެލްތު ސެންޓަރު ގައި ފަރުވާ ދިނުމަށްފަހު އިތުރު އަނިޠާއެއް ލިބިފައިވޭތޯ ބެލުމަށް ރަސްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ސައިކަލް ދުއްވަން އިނީ 21 އަހަރުގެ ފިރިހެނެކެވެ.އަދި އޭނާ އަތުގައި ލައިސެންސް ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެއެކްސިޑެންޓުގެ މައްސަލަ ރަސްދޫ ޕޮލިސް ސްޓޭޝަން އިން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހިޔާލު

ާއަގަޑަ ބަގަޑަ

ބެލެނިވެރިންނަށް ދަރިން ނުބެލޭތަން އެ ފެންނަނީ..