Taxi eh gai beyhvunu 100,000 Rufiyaa hoadhaifi
image
މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ----ފޮޓޯ:ސަން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޓެކްސީއެއްގައި ބޭއްވުނު އެއްލައްކަ ރުފިޔާ ހޯދައިފި

ޓެކްސީއެއްގެ ތެރޭގައި އެއް ލައްކަ ރުފިޔާއާއެކު ދަބަހެއް ބޭއްވުމާ ގުޅިގެން ހުށައަޅާފައިވާ މައްސަލައިގައި އެ ދަބަސް ހޯދާ ފުލުހުން އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދަބަސް ޓެކްސީގައި ބޭއްވިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 16:20 ހާއިރު ކަމަށެވެ. އަދި އެ ފައިސާތައް ހޯދާފައިވަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓު ގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތުން ކަމަށެވެ.

އެގޮތުން ފުލުހުން އެ ފައިސާތައް ހޯދާފައިވަނީ ސީސީޓީވީ ފުޓޭޖްގެ އެހީގައި ދަބަސް ބޭއްވުނު ޓެކްސީ ހޯދައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފައިސާ އޭގެ ވެރިފަރާތައް މިހާރު ހަވާލުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ޓެކްސީ ފުލުހުން
ހިޔާލު