Sushant huri Rhea aa kairveni kuran kehmadhuvefai
image
ސުޝާންތު އާއި ރިއާ---
1 ކޮމެންޓް
 

ސުޝާންތު ހުރީ ރިއާ އާ ކައިވެނި ކުރަން ކެތްމަދުވެފައި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު އެކްޓަރެސް ރިއާ ޗަކްރަބޫޓީ އާ އާ ކައިވެނި ކުރަން ކެތްމަދުވެފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ރިއާ އާއި ސުޝާންތު ރައްޓެހިވެގެން އުޅޭ ކަމަށް އަޑުތައް އަރާފައިވާއިރު އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ސުޝާންތު ރިއާ އާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ. ނަމަވެސް ރިއާ އަދި އެކަމަށް ވަގުތު ބޭނުން ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި އެ ދެ ފަންނާނުންގެ ގުޅުމާ މެދު މިހާރު ގިނަ ބައެއް ހިތުގައި ސުވާލު އުފެދިފައިވާއިރު އެކަމާ ގުޅިގެން ދެފަންނާނުން ވެސް އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޓީވީ ސީރީޒްތަކުން މަގުބޫލުވި ސުޝާންތު ބޮލީވުޑަށް ތައާރަފުވީ ޕީކޭ އިންނެވެ. އަދި ބޮލީވުޑުގައި އޭނާ ވިދާލީ "އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" ގައި މަސައްކަތް ކޮށްގެންނެވެ. ސުޝާންތު އެންމެ ފަހުން ފެނިގެން ދިޔައީ 'ކެދާނަތު' އިންނެވެ. އެފިލްމުގައި ސުޝާންތު އާއެކު ފެނިގެން ދިޔައީ ސާރާ އަލީ ހާން އެވެ.

ރިއާ ބޮލީވުޑަށް ތައާރަފް ވީ "މެރެ ޑޭޑް ކި މަރޫތީ" އިންނެވެ. ރިއާ ވަނީ "ބޭންކް ޗޯރް" އާއި "ހާފް ގާލްފްރެއިންޑް" އަދި "ސޮނާލީ ކޭބަލް" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ. ރިއާ އެންމެ ފަހުން ފެނިގެން ދިޔައީ "ޖަލޭބީ" އިންނެވެ.
ހިޔާލު

އަހުމަދު

މަވެސް