Vicky aai Nora ge video lava Pachtaoge belintha?
image
ވިކީ އާއި ނޯރާ---
0 ކޮމެންޓް
 

ވިކީ އާއި ނޯރާގެ ވީޑިއޯ ލަވަ "ޕަޗްތާއޯގީ" ބެލިންތަ؟

ބޮލީވުޑުގައި ކުރިއަރަމުން އަންނަ ޒުވާން ތަރި، ވިލީ ކޯޝަލް އާއި މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓްރެސް ނޯރާ ފަތޭހީ ފެނިގެންދާ ވީޑިއޯ ލަވަ "ޕަޗްތާއޯގީ" ނެރެފިއެވެ.
އެލަވަ ނެރެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ހަތަރު މެނެޓާއި 29 ސިކުންތުގެ ލަވަ ކިޔާފައިވަނީ އަރްޖިތު ސިންގް އެވެ. ގިނަ ބައެއްގެ ތަރުހީބު އެލަވައަށް ލިބިފައިވާއިރު މިއުޒިކް ވީޑިއޯ ލަވައަކުން މިއީ ވިކީ ފެނުން ފުރަތަމަ ފަހަރުވެސް މެއެވެ.އުމުރުން 31 އަހަރުގެ ވިކީ ވިދާލީ މިދިޔަ އަހަރު ނެރުނު ފިލްމު "ރާޒީ" ގައި މަސައްކަތް ކުރި ފަހުންނެވެ. އޭގެ ފަހުން ބޮލީވުޑުން ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބެމުން އަންނައިރު "ސަންޖޫ" އާއި "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް" ގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ. ވިކީ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ބޫތު: ޕާޓް ވަން-ދަ ހޯންޓެޑް ޝިޕް" އިންނެވެ.

ނެށުމުގެ ދާއިރާގައި ބޮޑު މަގުބުލުކަމެއް ހޯދަމުން އަންނަ ނޯރާ އެންމެ ފާހަގަކޮށްލެވެނީ ބެލީ ޑާންސްގެ ދާއިރާއިންނެވެ. އަމިއްލައަށް ކޮރިއޮގްރާފްކުރަމުން އަންނަ ނޯރާއަކީ ލަވަ ޕްރޮޑިއުސްކޮށް ޑައިރެކްޓްވެސް ކުރަމުން އަންނަ މީހެކެވެ.

ނޯރާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ ސަތްޔަމޭވަ ޖަޔަތޭގެ ލަވައެއްކަމަށްވާ "ދިލްބަރް" އަށް ފަހު ގައެވެ. އެއަށް ފަހު ގިނަ ބޮލީވުޑް ލަވަތަކުން ނޯރާ ފެނިފައިވާއިރު ދާދި ފަހުން އޭނާ ކުޅުނު "ސާކީ ސާކީ" ލަވައަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ނޯރާ ފަތޭހީ ވިކީ
ހިޔާލު