Boahiyavahikamagulhey 3 garaareh thiladhunmathin majlis ah!
image
ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
ސީއެންއެމް
1 ކޮމެންޓް
 

ބޯހިޔާވަހިކަމާގުޅޭ ތިން ގަރާރެއް ތިލަދުންމަތިން މަޖިލީހަށް!

ބޯހިޔާވަހިކަމާ ގުޅޭ ތިން ގަރާގެއް ތިލަދުންމަތީގެ ތިން ދާއިރާއެއްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ. ތިން ގަރާރު ހުށަހެޅުއްވީ ހއ އަތޮޅުގެ ތިން ދާއިރާއެއްގެ ތިން މެމްބަރުންނެވެ.
އެއީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲގެ އިތުރުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

އެގޮތުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރުގައި އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ފްލެޓު ދޫކުރުމުގެ މަސައްކަތް އަވަސްކުރުމަށާއި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްވަނީ ގޮވާލާފައެވެ.

ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި ގަރާރުގައިވަނީ ގެދޮރު ނެތް މީހުންނަށާއި އަލަށް ކައިވެނި ކުރާ މީހުންނަށް ގޯތި ދެވޭ ވަރުގެ ރަށްރަށުން ގޯތި ދޫނުކޮށް އެމީހުން ބިކަވާ މައްސަލާގައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ.

ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވި ގަރާރުގައި، ވެށިފަހި މާލެ މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ބިންކޮޅު ދޫކޮށްލި ފަރާތްތަކާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބިފައި ނުވާތީ އެމީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

މި ތިން ގަރާރަށްވެސް ބަހުސް ކުރުމަށް މިއަދު (އާދީއްތަ ދުވަހު) އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްވަނީ އެޖެންޑާ ކޮށްފައެވެ.
ހިޔާލު

ވަހީދު ވިނަރެސް ކެލާ

ކެލާގަ ހުރި ފަޅުގޯތިތަކުގެހައްލުވެސްހޯދަންޖޖެހޭ އެމް