Maldivian ah cabin crew inn hoadhanee
image
މޯލްޑިވިއަން ފްލައިޓެއްގެ ތެރޭގައި ކެބިން ކްރޫއެއް-- ފޮޓޯ: މޯލްޑިވިއަން
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މޯލްޑިވިއަން އަށް ކެބިން ކްރޫއިން ހޯދަނީ

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ކެބިން ކްރޫއިން ހޯދަން އިއުލާންކޮށްފި އެވެ.
މޯލްޑިވިއަން އިން މިއަދު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނަށެވެ.

ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ވަކި ޝަރުތުތައް އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން ކެބިން ކުރޫއެއްގެ ގޮތުގައި ކުރިމަތިލާ ފަރާތަކީ ލޮލުގެ ފެނުން ރަނގަޅު، އޯލެވެލް ފާސް އޮތް މީހަކަށް ވާންޖެހޭނެ އެވެ.

އަދި އިނގިރޭސި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ދަންނަ، ރަނގަޅު ސިއްހަތެއްގައި ހުރި، ފަތަން ދަންނަ ނުވަތަ ފަތަން ދަސްކުރަން ބޭނުންވާ މީހަކަށް ވެސް ވާން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އަންހެނެއް ނަމަ އެންމެ ކުޑަމިނުން އިސްކޮޅުގައި ފަސް ފޫޓް ދެ އިންޗި ހުރުމާއި އަދި ފިރިހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ހަތަރު އިންޗި ހުރުމަކީ ވެސް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އޭގެ އިތުރުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ކެބިން ކްރޫ ޖެނެރަލް އިމްތިހާނުން ފާސްވެފައި އޮތުމަކީ ލިބޭނެ އިތުރު ޕޮއިންޓެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ވޯކިން އިންޓަވިއު އޮންނާނީ 26 އޯގަސްޓް ވާ ހޯމަ ދުވަހު ހެނދުނު 08:00 އިން މެންދުރު ފަހު 03:00 އަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޓްރެއިނިން އިންސްޓިޓިއުޓްގެ ހަތަރު ވަނަ ފްލޯގައެވެ. އިންޓަވިއު އަށް ހާޒިރުވާ ފަރާތްތަކުން ސީވީ އާއި ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ހުށަހަޅަންޖެހޭނެ އެވެ.
މޯލްޑިވިއަން
ހިޔާލު