Masverikamuge bilakee vaki fikurehge bileh noon: Minister Zaha
image
ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މަސްވެރިކަމުގެ ބިލަކީ ވަކި ފިކުރެއްގެ ބިލެއް ނޫން: މިނިސްޓަރު ޒަހާ

މަސްވެރިކަމުގެ ބިލަކީ ވަކި ސިޔާސީ ޕާޓީ އަކަށް އަދި ވަކި ފިކުރަކަށް ނިސްބަތްވާ ބިލެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އައިޝަތު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ މަސްވެރިކަމުގެ ބިލަކީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ވިސްނުމެއް ކަމަށާއި އެ ބިލް ދިރާސާ ކުރުމުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހި ތަކުލީފަކަށް ވެފައިވާ ކަމަށެވެ.

މިއަދު ފިޝަރީޒް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ އެ ބިލަކީ 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީން ކުުރަމުން އައި މަސައްކަތެއް ކަމަށާއި އޭގެ ކުރިން މަޖިލީހުން އެ ބިލް ބޭރުކޮށްފައި ވަނީ ބިލް މާ ބޮޑަށް ތަފްސީލުވުމުގެ ސަބަބުން ކަމަށެވެ.

ޒަހާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދަން މަސައްކަތް ކުރަމުންދާ އެމްއާރްއެމްގެ ފަރާތުން ވަޒީރެއްގެ ގޮތުގައި ހުންނެވިޔަސް މަސްވެރިކަމާ ބެހޭ ބިލަކީ ކަމާ ބެހޭ ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު އެކުލަވާލައިފައިވާ ބިލެއް ކަމުގައެވެ.

"މިއީ ވަކި ފިކުރެއްގެ ވަކި ޕާޓީއެއްގެ ބިލެއް ނޫން. ވަޒީރެއްގެ ހައިސިއްޔަތުން އެމްއާރްއެމްގެ ފަރާތުން އައި ނަމަވެސް މި ބިލަކީ މިނިސްޓްރީގެ ފަންނީ ބޭފުޅުންނާއި އަދި ބޭރުގެ މާހިރުންނާއި ތަފާތު ސިނާއަތުގެ ބޭފުޅުންނާއި މަޝްވަރާ ކުރެވި ގެންގޮސްފައިވާ ބިލެއް،" ޒަހާ ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން ބަލައިގަނެ އިގްތިސޯދީ ކޮމިޓީން ދަނީ މިހާރު އެ ބިލް ދިރާސާކުރަމުންނެވެ.
ހިޔާލު