Bidheysee anhenehge Phone aai dhabas feyrigaiy meehaku hahyaru kohfi
image
1 ކޮމެންޓް
 

ބިދޭސީ އަންހެނެއްގެ ފޯނާއި ދަބަސް ފޭރިގަތް މީހަކު ހައްޔަރުކޮށްފި

މާލޭގެ މަގުމަތިން ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ ފޯނާއި އަތްދަބަސް ފޭރިގަތް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ފާށަނާ ކިލޭގެ މަގުން ހިނގާފައިދިޔަ ބިދޭސީ އަންހެނެއްގެ ފޯނާއި ދަބަސް ފޭރިގަތް މީހަކު މިރޭ 18:40 ގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއަހަރުގެ މިހާތަނަށް ފޭރުމުގެ 314 މައްސަލައެއް ހުށަހެޅިފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފޭރުން ފުލުހުން
ހިޔާލު

ހހ

މަރަަަލަަ