Singapore ge safeeruge enme fahuge ziyaaraaiy Minister Shahid ge arihah kurahvaifi
image
އެ ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ
0 ކޮމެންޓް
 

ސިންގަޕޫރުގެ ސަފީރުގެ އެންމެ ފަހުގެ ޒިޔާރާތް ޝާހިދުގެ އަރިހަށް ކުރައްވައިފި

ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި އެމްބަސެޑަރު ޗުއާ ތިއަން ޕޯ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް އެންމެ ފަހުގެ ޒިޔާރާތް ކުރައްވައިފި އެވެ.
ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅާ ސަފީރަކަށް ޗުއާ ތިއަން ހަމަޖައްސަވާފައި ވަނީ 2015 ވަނަ އަހަރު، އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ.

ހަތަރު އަހަރު ރާއްޖޭގައި ސަފީރު ކަމުގެ މަގާމު ފުރުއްވުމަށް ފަހު އެންމެ ފަހުގެ ޒިޔާރާތް މިނިސްޓަރު ޝާހިދުގެ އަރިހަށް މިއަދު ކުރެއްވިއިރު އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ސަފީރު ކަމުގެ ދުވަސްވަރު ރާއްޖެ އާއި ސިންގަޕޫރުގެ ގުޅުން ހަރުދަނާ ކުރުމަށް ސަފީރު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

އެގޮތުން މިދިޔަ ޖުލައި މަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ދަތުރުފުޅެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
ހިޔާލު