Anhenunnah vure baarah firihenunnah dhuveveny kyhve?
image
ފާތުމަތު ނަޒުފާ އިރުޝާދު
2 ކޮމެންޓް
 

އަންހެނުންނަށް ވުރެ ބާރަށް ފިރިހެނުންނަށް ދުވެވެނީ ކީއްވެ؟

ދުވުމަކީ ދެ ޖިންސުގެ މީހުންގެ މެދުގައި ވެސް ވަރަށް މަގްބޫލު ކުޅިވަރެކެވެ. މި ކުޅިވަރުގައި އަންހެނުންނަށް ވުރެ ފިރިހެނުން މާ ކާމިޔާބެވެ. އަންހެނުންނަށް ވުރެ ބާރަށް ފިރިހެނުންނަށް ދުވެވެނީ ކީއްވެކަން އެއީ ގިނަ ބަޔެއްގެ މެދުގައި އުފެދޭނެ ސުވާލެއްކަން ޔަގީނެވެ. ސަބަބަކީ ދެ ޖިންސުގެ މެދުގައިވާ ހޯމޯންގެ ތަފާތެވެ.
ހެދިބޮޑުވަމުން އަންނަ ވަރަކަށް ދެ ޖިންސުގެ މީހުންގެ ހަށިގަނޑަށް ވެސް ތަފާތުތަކެއް އާދެ އެވެ. އެގޮތުން އަންހެނުންނަށް ވުރެ 20 ގުނަ އިތުރަށް ފިރިހެނުންގެ ހަށިގަނޑުގައި ޓެސްޓޮސްޓެރޯން ހޯމޯން ހިމެނެ އެވެ. މި ހޯމޯނަކީ މީހާގެ ހެދި ބޮޑުވުމަށް އެހީވެދީ، ހަށިގަނޑުގައި "ރެޑް ބްލަޑް ސެލްސް" އިތުރުކޮށްދީ އަދި ކަށިތަކާއި މަސްގަނޑު ވަރުގަދަ ކުރުމަށް އެހީވެދޭ މާއްދާއެކެވެ.

ހަމަ އެހެންމެ އަންހެނުންގެ ހަށިގަނޑުގައިވާ އީސްޓްރޮޖެން ހޯމޯންގެ ސަބަބުން ފިރިހެނުންނަށް ވުރެ ގިނައިން ފެޓް މި މާއްދާ ހުރެ އެވެ. މިއީ އަންހެނުންނަށް މަޑުން ދުވެވޭ އެއް ސަބަބެވެ.

ހޯމޯންގެ އިތުރުން ހަށިގަނޑުގެ ކުޑަ ބޮޑު މިން ވެސް ދުވުމުގެ ބާރު މިނުގައު ވަރަށް ބޮޑު ދައުރެއް އަދާ ކުރެއެވެ. ފިރިހެނުންގެ ފައިގައި އަންހެނުންނަށް ވުރެ 80 އިންސައްތަ ގިނައިން މަސް ހުރެއެވެ. މަސް ގިނަ ވުމަކީ ފިރިހެނުންނަށް ބާރަށް ދުވުމަށް ވެދޭ އެހީއެކެވެ.

އޭގެ އިތުރުން ފިރިހެނުންގެ ހިތާއި ފުއްޕާމެއިން މާ ގިނައިން އޮކްސިޖަން ހަށިގަނޑަށް ފޯރުކޮށްދެއެވެ. ދުވާއިރު އޮކްސިޖަން ކާބޮންޑާއޮކްސައިޑް އަށް ބަދަލުކޮށްދޭ ޕްރޮސެސް ނުވަތަ ހަރަކާތް "ރެސްޕިރޭޝަން" އަކީ މުހިންމު ކަމަކަށް ވާއިރު ފިރިހެނުންގެ ހަށިގަނޑުގައި އޮކްސިޖަން ފޯރުކޮށްދޭ މިންވަރު އިތުރުވުމަކީ ފިރިހެނުންނަށް ބާރަށް ދުވެވޭނެ އެއް ސަބަބެވެ.
ދުވުން އަންހެނުން
ހިޔާލު

ސާލޭ

އަހަރެން ހީކުރީ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކަމައް..

ބޮންދު

ފިރިހެނުންނަށްވުރެ ބާރަށް ދުވާ އަންހެނުން އުޅޭ މީކިހިނެއް ވާކަމެއް