Ehves film akah soe nukuran: Shah
image
ޝާހު--
0 ކޮމެންޓް
 

އެއްވެސް ފިލްމަކަށް ސޮއި ނުކުރަން: ޝާހު

އެއްވެސް ފިލްމަކަށް ސޮއި ނުކުރާ ކަމަށް ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ޝާހު ރުކް ހާން ބުނެފި އެވެ.
ޓުވިޓާ މެދުވެރިކޮށް ޝާހު ބުނީ އޭނާއަށް ނޭނގި އޭނާ ގިނަ ފިލްމުތަކަކަށް ސޮއި ކޮށްފައިވާ ކަމަށް ވާހަކަތައް ދެކެވިފައިވާ ކަމަށެވެ. އަދި އޭނާ ފިލްމެއް ކުޅޭނީ ފިލްމު ކުޅޭކަން ބުނުމަށް ފަހު ކަމަށް ވެސް ޝާހު ވަނީ ބުނެފަ އެވެ.


ޝާހު އަންނަ އަހަރު ދެ ފިލްމެއްގައި މަސައްކަތް ކުރަން އުޅޭ ކަމަށް ވަނީ ވާހަކަ ދެކެވިފަ އެވެ. ނަމަވެސް އެ ޓުވީޓާއެކު ޝާހު ފިލްމަކަށް އަދި ސޮއި ކޮށްފައި ނުވާ ކަން އެނގެ އެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވާ ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ "ޒީރޯ" އިންނެވެ. ޝާހު އަކީ ބޮލީވުޑުގެ "ކިންގް" އެވެ.

ގިނަ އެވޯޑުތައް ހާސިލްކޮށްފައިވާ ޝާހު ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ" އާއި "މޭއިން ހޫ ނާ" އަދި "ރާ ވަން" އާއި "ކަލް ހޯ ނާ ހޯ" އާއި "ޕަރްދޭސީ" އާއި "ޖަބް ތަކް ހޭ ޖާން" އާއި "ޑޯން" އަދި "ކަރަން އަރުޖުން" ހިމެނެ އެވެ.
ހިޔާލު