Ruby aai Amit anehkaa ves ekugai ulhenee
image
އަމީތު، ރޫބީ އަދި އެމީހުންގެ ދަރިފުޅު--
0 ކޮމެންޓް
 

ރޫބީ އާއި އަމީތު އަނެއްކާ ވެސް އެކުގައި އުޅެނީ

އިންޑިއާގެ ޓީވީ އެކްޓަރު އަމިތް ތަންޑަން އާއި އޭނާގެ ކުރީގެ އަންހެނުން ރޫބީ އަނެއްކާ ވެސް ކައިވެނިކޮށް އެކުގައި ދިރިއުޅެން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން، 2017 ގެ މެދު ތެރޭގައި، ދުބާއީގެ ސަރުކާރުގެ މުވައްޒަފުންތަކަކަށް ބިރު ދެއްކި މައްސަލައަކާއި ގުޅިގެން ރޫބީ ދިހަ މަސް ދުވަހުގެ މުއްދަތަކަށް އެގައުމުގެ ޖަލުގައި ވެސް ބެހެއްޓި އެވެ.

އެ ދުވަސްވަރު، އަމީތާއި އޭނާގެ މެދުގައި މައްސަލަތަކެއް ޖެހި ވަރިވާން ހުށަޙެޅި ނަމަވެސް ޖަލުން މިނިވަން ކުރުމަށް ވެސް އަމީތު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އަމީތު ވަނީ ވަރިވުމުގެ މަރުހަލާ ކެންސަލު ކުރުމަށް އެދިފަ އެވެ. އަދި ދެމީހުން އެކުގައި ދިރިއުޅެން ނިންމާފަ އެވެ. އަމީތާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި ވަކިވުމުން އެނގިގެން ދިޔައީ ދެމީހުންގެ ދިރިއުޅުން އެކަކު އަނެކަކާއެކު މާ ފުރިހަމަ ކަމަށެވެ.

އެމީހުންގެ ކައިވެންޏަށް އަންހެން ދަރިއަކު ވެސް ލިބިފައި ވެއެވެ.

ދިލް މިލް ގަޔޭ ފަދަ މަޝްހޫރު ޝޯ ތަކުގައި މަސައްކަތްކޮށްފައިވާ އަމީތު، ކޮސްމެތޮލޮޖިސްޓެެއްގެ ގޮތުގައި މަސައްކަތް ކުރާ ރޫބީއާ ކައިވެނިކޮށްފައި ވަނީ 2007 ވަނަ އަހަރެވެ.

އެ ދެމީހުންގެ ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައި ވެއެވެ. ރޫބީ ޖަލަށްލީ ނުފޫޒު ގަދަ ބަޔަކު އޭނާގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައިގެން ކަމަށް އަމިތް ބުނެ އެވެ. އަމީތަކީ މިއުޒިކީ ދާއިރާގައި ވެސް ހަރަކާތްތެރިވަމުން އަންނަ މީހެކެވެ.
ހިޔާލު